އެމް.ފީ މަގާމުން ދުރުކުރުމުން އެނގިގެންދަނީ ޔޫކޭގައި އުޅޭ އިޒުރޭލު މީހުންނަށް ފާޑުކިޔުމުގެ ނުރައްކާތެރިކަން

news uk

އިޒުރޭލު އޮފިސަރުން ޔޫ އެސްގެ ފުލުސް އޮފިސަރުން ތަމްރީނު ކުރުމާއިބެހޭ ތަފްސީލު އެކުލެވޭ އާޓިކަލެއް ހިއްސާކުރުމާއިގުޅިގެން ޝެޑޯ އެޑިއުކޭޝަން ސެކެއްޓަރީއެއްގެ މަގާމުގައި ހުންނެވި ރެބެކާ ލޯންގް-ބެއިލީ، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ. އިޒްރޭލަށް ފާޑުކިޔާފައިވާ އާޓިކަލެއް ހިއްސާކޮށްގެން އެމް.ޕީއަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމުން، ޔޫކޭގެ އިދިކޮޅު ލޭބާ ޕާޓީގައިހިމެނޭ ްވާތުފިޔާގެ މެންބަރުންވަނީ ނުރުހުން ފާޅުކޮށްފައެވެ.  އެޕާޓިގައި ހިމެނޭ ވާތުފިޔާގެ އިސްމެންބަރެއް ކަމަށްވާ ރެބެކާ ލޯންގް-ބެއިލީ  ޝެޑޯ އެޑިއުކޭޝަން ސެކެއްޓަރީއެއްގެ މަގާމުން ދުރުކުރީ ފިލްމީތަރި މެކްޒިން ޕީކޭ […]

ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ކޮވިޑް19 އާއި މުޅިން ހުއްޓުނު: ސާރވޭ

ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ކޮވިޑް19 އާއި މުޅިން ހުއްޓުނުކަމަށް ސާރވޭ އަކުން ދައްކައިފިއެވެ. އެޗްޕީއޭއާއި ޔުނިވާސިޓީ ގުޅިގެން މިދިޔަ މޭ މަހު ކޮށްފައިވާ ސާރވޭގައި ބުނާގޮތުން ބައިވެރިިންގެ ތެރެއިން ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ލިބޭނެ މަގު ވަނީ މުޅިން ބަންދުވެފައިކަމަށެވެ. އޮންލައިން ކޮށް ކުރިއަށް ގެންދިޔަ މިސާރވޭގެ ފުރަތަމަ ބުރުގައި 2،871 ބައިވެރިޔަކު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. ކޮވިޑް19ގެ އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމަށް ކުރި އަސަރުގެ ޖުމްލަ ހުލާސާއެއް އެނގިގެންދިޔައިރު […]

ރާއްޖޭގެ ސިޔާސީ މަސްރަހުން ’ސަލާމީ ޓެކްޓިކް’ގެ އުކުޅު

news

’ސަލާމީ ޓެކްޓިކް‘ މި އިބާރާތަކީ ދެވަނަ ބޮޑު ހަނގުރާމަ ނިމި، އިރުމަތީ ޔޫރަޕުގެ ގައުމުތައް ސޯވިއެޓް ޔުނިއަންގެ ނުފޫޒުގެ ދަށަށް ގެނައީ ކިހިނެއްކަން ބަޔާންކުރައްވަމުން ހަންގެރީގެ ކޮމިއުނިސްޓު ލީޑަރަކު ކަމުގައިވާ ރައޯސްކީ ބޭނުންކުރެއްވި އިބާރާތެކެވެ. އާދެ، އިރުމަތީ ޔޫރަޕުގެ ގައުމުތަކުގައި ކޮމިއުނިސްޓުންނާ އިދިކޮޅު ސިޔާސީވެރިންނާއި ސިޔާސީ ޕާރޓީތައް، މަޑުމަޑުން، ދުރުކޮށް މުޅި ގައުމު ކޮމިޔުނިސްޓުންގެ އަތްދަށަށް އަންނަ ގޮތް ސޯވިއެޓުން ހެދީ ކިހިނެއްކަން ބަޔާންކުރައްވަމުން ބޭނުންކުރެއްވި އިބާރާތެކެވެ. 1945ގައި ދެވަނަ ބޮޑުހަނގުރާމަ، ނިމުމަކަށް އައިއިރު، އިރުމަތީ ޔޫރަޕުގެ […]

އެންމެ ފާހަގަކޮށްލެވޭ 100 ވިޔަފާރި މަރުކަޒު (އިކޯސިސްޓަމް) ލިސްޓުގެ 16 ވަނައިގައި އިސްތަންބޫލް ހިމެނިއްޖެ

Maldives News

ތުރުކީގެ ޓެކްނޮލޮޖީ އެންޑް އިންޑަސްޓްރީ މިނިސްޓަރ ބުރާސްފަތި ދުވަހު އިޢުލާން ކުރެއްވިގޮތުގައި، އަލަށްފަށާ ވިޔަފާރިތައް ކުރިއަރައިގެންދާ ތަންތަނުގެތެރެއިން އެންމެ ފާހަގަކޮށްލެވޭ 100 ތަނުގެ (އިކޯސިސްޓަމްގެ) ލިސްޓުގެ އެންމެމަތީ 20 ތަނުގެ ތެރޭގައި އިސްތަންބޫލްގެ މެޓްރޯޕޮލިސް ހިމެނިއްޖެއެވެ. ޔޫއެސްގައި ހުންނަ ގްލޯބަލް އޮންޓޮޕްރިނިއަރޝިޕް ރިސަރޗް އިންސްޓިޓިއުޝަން ސްޓާޓްއަޕް ޖެނޯމް އިން ނެރުނު އާ ރިޕޯޓަކާއި ހަވާލާދީ މުސްތަފާ ވަރަންކު ޓްވީޓު ކުރައްވާފައިވަނީ ތުރުކީ އިގްތިސާދީ މައިރަށް އިސްތަންބޫލް އޮތީ އެ ލިސްޓުގެ 16 ވަނައިގައި ކަމަށެވެ. މިއީ ދުބާއީ، […]

ކައިވެނިކުރަންއުޅޭ މީހާ، އެހެން މީހަކަށް ގޯނާކުރިކަމުގެ ރިކޯޑެއް އޮތްތޯ ބެލުމުގެ ފުރުޞަތު ޗައިނާގެ ސިޓީއެއްގެ ރައްވެހިންނަށް ދެނީ

news

ކައިވެނިކޮށްގެންއުޅޭ ޗައިނާއަށް ނިސަބަތްވާ މީހުންނަށް، އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަކީ ގެވެށިއަނިޔާއާއިގުޅޭ ރިކޯޑެއް އޮންނަ މީހެއްތޯ ޑާޓާބޭސްއަކުން ވަރަށް އަވަހަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.  ރިޕޯޓްތައް ބުނާގޮތުން، ކޮވިޑް-19ގެ ސަބަބުން ފުރަބަންދު ވުމާއެކު، ގެވެށި ްއަނިޔާގެ ހާދިސާތައް ރިޕޯޓުކުރި ޢަދަދު މާބޮޑަށް މަތިވުމާއި ގުޅިގެން، އިރުމަތީ ޗައިނާގައި އޮންނަ ޔިވޫ ނަމަކަށްކިޔާ ސިޓީއަކުންވަނީ މިފަދަ މައުލޫމާތު ލިބޭނެ ޑާޓާބޭސްއެއް އުފެއްދުމުގެ ހުވަފެން ދެކެން ފަށާފައެވެ.  ދި ގާޑިއަން ނޫހުން ރިޕޯޓުކުރި ގޮތުގައި، މި ޕްރޮގްރާމުގެ އަޖުމަބެލުމަށް ޖުލައި […]

ރާއްޖޭގެ އެންމެ ބާރަށް ކުރިއަރަމުންދާ އޮންލައިން ވިޔަފާރި.

maldives news

ރާއްޖޭގައި ނަޒާކީ އޮންލައިން ކިޔާ މުޅިންއާ އޮންލައިން ވިޔަފާރިއެއް ވަރަށް ބާރަށް ކުރިއަރަމުންދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ވިޔަފާރިކުރުމަށް ބޭނުންވެފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ އުދަގޫތައް މި ވިޔަފާރީގެ ސަބަބުން ހައްލުވެގެންދާނެއެވެ. މިވިޔަފާރި ހިންގާފަރާތުގެ އަމިއްލަ ގުދަނެއް މެލޭޝިއާގައި ހުރެއެވެ. މިގުދަނަކީ 4000 އަކަފޫޓުގެ ގުދަނެކެވެ. މިވިޔަފާރި ހިންގާފަރާތުން ދިވެހިންނަށް ހުށަހަޅަނީ މެލޭޝިއާގެ ފިހާރަތަކުން ބޭނުން އެއްޗެއްގަނެ، އެމީހުންގެ ގުދަނުގައި މުޅިން ހިލޭ ގުދަންކޮށް ބެހެެއްޓުމުގެ ފުރުސަތެވެ. އަދި 7 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ރާއްޖެ […]

ގެދޮރުވެރިކަން ސިޔާސީކުޅިގަނޑަކަށް

މާލެ އަކީ ރާއްޖޭގެ އިދާރީގޮތުން ވެރިކަން ކުރާ ރަށް އެކަޏެއް ނޫނެވެ. އިގްތިސާދީ ގޮތުން އަދި ވިޔަފާރީގެ ރޮގުން ވެރިކަން ކުރާ ރަށަކީ ވެސް މާލެއެެވެ. ތަޢުލީމާއި ސިއްޙީ ގޮތުން ރަގަޅު މާޙައުލެއް ހޯދަން ބޭނުންނަމަވެސް ރާއްޖޭގެ ނިސްބަތުން ގިނަ ރަށްތަކަކީ އެކަށޭނަ މާޙައުލެއް އޮތް ތަނަކަށް ނުވެއެވެ. އަމިއްލަ ފަސްގަނޑު ދޫކޮށް މި ކުޑަ ރަށަށް ފުރަމާލެއަށް ނުކަތާވަރަށް މީހުންޖަމާވީ މިހެންވެއެވެ. ރަށްރަށުގައި ހުރި އަމިއްލަ ބޮޑެތި ގެދޮރުތައް ދޫކޮށް ކުޑަ ކުޑަ ”ކޮތަރުކޮށި“ ފަދަ […]

ޑރ. ޖަމީލް ޕީޕީއެމަށް ސޮއިކުރެއްވުމާއެކު، ޕާޓީގެ އެޑްވައިޒަރުކަން ދެއްވައިފި

ފޮޓޯ: ސަން

ރައީސް ޔާމީންގެ ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމާއެކު އެ ކޯލިޝަންގެ އެޑްވައިޒަރުކަން ދެއްވައިފިއެވެ. އެމަނިކުފާނު ޕީޕީއެމަށް ސޮއިކުރެއްވީ ރޭ އިދިކޮޅު ކޯލިޝަނުން މ. ދިމްޔާތުގައި ބޭއްވި ހާއްސަ ހަފްލާގައެވެ. ޕީޕީއެމަށް ސޮއި ކުރެއްވި ފޯމް ޑރ. ޖަމީލް ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލު ކުރައްވާފައެވެ. ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު، ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު ޖަލުގައި އޮންނެވުމަކީ އެމަނިކުފާނު […]

ރައްޔިތުންގެ ވެރިކަމާއި އަމިއްލަ ވެރިކަމުގެ ތަފާތު

Anni Hamid Mohamed Zaki Maldives

ދެ ރަޙްމަތްތެރިއަކު ހަވީރު ފިނިކޮށްލަން އަތިިރިމަތީހޮޅުއަށީގައި އިށީނދެލައިގެންތިބެ އެކިއެކި ކަންކމާބެހޭގޮތުން ޚިޔާލު ބަދަލު ކުރަމުން ގެންދިޔަ ދުވަހެކެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި އެއް ރަޙްމަތްެތެރިޔަކު ބުންޏެވެ.  މިއަދު ނިކަން ސިޔާސަތާ ބެހިލަމާހެއްޔެވެ. އާނ ! ކުރީ ޒަމާނުގައި އެއީ ބޮޑުވެގެންވާ އަދަބުލިބޭ ކުށަކަށްވިޔަސް މިހާރު އެބުނަނީ އެއީ ކޮންމެމީހަކުވެސް ދައްކަންވީ ވާހަކައެއް ކަމަށްތާއެވެ ! މުޅި ދުނިޔޭގަައިވެސް  ކޮންމެ ގައުމެއްގައިވެސް ކޮންމެ ރައްޔިތަކުވެސް ބޭނުންވާނީ ރައްޔިތުންގެ ވެރިކަމެކެވެ. އެހެންނަމަވެސް، އަހަރެމެންގެ ތެރޭގައި ގިނައިން ބުނެއުޅެނީ އަމިއްލަ ވެރިކަމެކޭ […]

ޓްރަމްޕްގެ ސިއްރު މައުލޫމާތު ހިމެނޭ ފޮތެއް ނެރުން އެމެރިކާގެ ކޯޓުން ހުއްޓުވައި ނުދިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަޔާތާ ގުޅޭ ސިއްރު މައުލޫމާތު ހިމެނޭ އިތުރު ފޮތެއް ނެރުންވެސް ހުއްޓުވައި ނުދިނުމަށް އެގައުމުގެ ކޯޓުން ނިންމައިފިއެވެ. ޓްރަމްޕްއާ ގުޅޭ ގޮތުން މިފަހަރު ފޮތް ލިޔުއްވައިފައިވަނީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަންހެން ބޭފުޅެއް ކަމަށްވާ މޭރީ ޓްރަމްޕްއެވެ. ދާދި ފަހުން އެމެެރިކާގެ ކުރީގެ ނެެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ޓްރަމްޕްއާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް ނެރުނު ހުއްޓުވަން އެދުމުންވެސް ކޯޓުން އެކަން ނުހުއްޓުވިއެވެ. މޭރީ ޓްރަމްޕް ލިޔުއްވި ފޮތްވެސް […]