ޝަކުވާތައް ނުބަަލައި ފުލެޓުތައް ހަވާލުކުރުން މަޑުޖައްސައިލަން އޭސީސީއިން އަންގައިފި

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނުދީ ފުލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސައިލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މިއަދު އަންގައިފިއެވެ. އޭސީސީއިން ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި, ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ […]
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އިންތިޚާބީ ރައީސް ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ ހޯމަ ދުވަހުގެރޭ ސިންގަޕޫރަށް ވަޑައިގެންނެވި މުޢިއްޒު އެނބުރި މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އާއިލާއާއެކު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތަފުސީލެއް މުޢިއްޒުގެ ފަރާތްޕުޅުން ހާމަކުރައްވައިިފައެއް ނުވެއެވެ. މުޢިއްޒުގެ މި ދަތުރުފުޅަކީ ރިޔާސީ އިންތިޚާބުގެ ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު […]
ބަޑި ބުރާސްފަތީގެ “މުގޫ“ މި މަހު 27 ގައި މިނިވަން ވަނީ

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ “މުގޫ“ ކަމަށްވާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމި, މި މަހުގެ 27 ވަނަ ދުވަހު މިނިވަންވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ. 1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ނުވަތަ “ބަޑި ބުރާސްފަތީ“ ގެ ހާދިސާއާ ގުޅިގެން ލުޠުފީގެ މައްޗަށް ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެ އަދަބު ލުއިކޮށްދެއްވައިި 25 އަހަރުގެ ޖަލު […]
300 ބީސީގައި ވެސް އިންޑިއާއިން ރާއްޖެ ހިފުމަށް މަސައްކަތް ކުރި

ރާއްޖޭގެ ތާރީޚު ވަނީ ދެބަޔަށް ބެހިފައެވެ. އެއީ ރާއްޖެ އިސްލާމްވުމުގެ ކުރިޔާއި އޭގެ ފަހެވެ. ތާރީޚީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ އިސްލާމްވީ މީލާދީން 1153 ވަނަ އަހަރުއެވެ. އެއީ ހިޖުރީ ސަނަތުން 548 ވަނަ އަހަރެވެ. ރާއްޖޭގެ ތާރީޚުން ރެކޯޑުކުރެވިފައިވާ މިންވަރެއް ލިޔެވިފައިވަނީރާއްޖެ އިސްލާމްވުމުގެ ފަހުންނެވެ. ނަމަވެސް ބޭރުގެ ލިޔުންތަކުން, ޚާއްސަކޮށް އިންޑިއާގެ ލިޔުންތަކުން އެނގޭ ގޮތުގައިި, 300 ބީސީގައި އިންޑިއާގައި ވެރިކަން ކުރި ޗޯލާ އެމްޕަރަރގެ ދުވަސްވަރު ވެސް ރާއްޖެ ހިފަން މަސައްކަތް ކޮށްފައިވެއެވެ. […]
ގައުމެއް ގައުމެއްގެ ގޮތުގައި ދިރޭނީ ގައުމަށްޓަކައި ޝަހީދުވި ދަރިންގެ ޒިކުރާ އާކޮށްގެން: ސެމްބެ

ގައުމަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާލާކުރުމަކީ ލާޒިމު ކަމެއް ކަމަށާއި އެހެން ނޫންނަމަ ގައުމެއް ގައުމެއްގެ ގޮތުގައި ދިރުވޭނެ ތަނެއް ނުފެންނާނެ ކަމަށް އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބާގައިި ޕީއެސްއެމްއިން ގެނެސްދިން ”ދިވެހީންގެރާއްޖެ“ ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައި ސެމްބެ ވިދާޅުވީ ގައުމީ އަބުތާލުން ގައުމަށްޓަކައި ވެވަޑައިިގެންފައިވާ މަތިވެރި ގުރުބާނީގެ އަގުވަޒަންކޮށް އެބޭފުޅުންގެ ޒިކުރާ އާކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ. އެގޮތުން ނަޞްރުގެ ދުވަހުގައި […]
މެލޭޝިޔާއަށް އެތެރެނުވެވޭ ގޮތަށް ހިފެހެއްޓުމަށްފަހު މަދަނީ ޢަބްދުﷲ ޑީޕޯޓުކޮށްލައިފި

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުﷲ މުޙައްމަދު (މަދަނީ ޢަބްދުﷲ) މެލޭޝިޔާގެ އިމިގުރޭޝަނުގައި ހިފެހެއްޓުމަށްފަހު މާލެ ފުރުވާލައިފިއެވެ. މެލޭޝިޔާއަށް އެތެރެނުވެވޭ ގޮތަށް އެ ގައުމުގެ އިމިގުރޭޝަނުން މަދަނީ ޢަބްދުﷲ ހިފެހެއްޓީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އޭނާއަށް މެލޭޝިޔާއަށް އެތެރެނުވެވޭ ގޮތަށް ހެދީ ކޮން ސަބަބަކާހުރެ ކަމެއް ސާފެއް ނުވެއެވެ. ފޮރިން މިނިސްޓްރީއިން މިރޭ ބުނީ އޭނާ ހިފެހެއްޓިކަން މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އެނގުނީ ރޭ 21:40 ހާއިރު ކަމަށެވެ. އެގޮތުން ހައިކޮމިޝަނުން އޭނާއަށް ބޭނުންވާ […]
އާޒިމާ މާލޭގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވަނީ

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަން ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރު މިއަދު ހާމަކުރައްވައިފިއެވެ. އާޒިމާ މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އަންނަ ޖަނަވަރީގައި ބާއްވަން ހަމަޖެހިފައިވާ މާލޭގެ މޭޔަރު ހޮވުމުގެ އިންތިޚާބަށް ކުރިމަތިލައްވަން ގަސްދުކުރެއްވީ އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ޚިދުމަތުގައި ދެމިހުރި މީހަކަށްވެފައި ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމުގެ ޝައުގު ހުރުމުން ކަމަށެވެ. ހަމައެހެންމެ ހަގީގީ މާނައިގައި މާލެ ސަރަހައްދު ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ […]
ނަޝީދުގެ މައްސަލައަށް ޕީޕީއެމް/ޕީއެންސީއިން ވެސް ތަދައްހުލުވާން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް/ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ތަދައްހުލުވާން ނިންމައިފިއެވެ. މިކަން ހާމަކުރީ ޕީޕީއެމްއިން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ސްޕްރީމް ކޯޓުން މިހާރު ވަނީ އެމްޑީޕީއިިން އެ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އަންނަ އާދިއްތަ ދުވަހަށް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެވެ. އެމްޑީޕީއިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ނަޝީދުގެ މައްސަލާގައި ގޮތެއް ނުނިންމައި […]
ވ.ކަށަވަރުފަޅު ސަރަހައްދު ހިމާޔަތްކޮށްފި

ވ.ކަށަވަރުފަޅު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ބުނެފިއެވެ. މިއަދުން ފެށިގެން ކަށަވަރުފަޅު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖެއްސީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާއާ ހަވާލާދީ އެންވަޔަރަންމަންޓް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ވ.ކެޔޮދޫ ދެކުނުގައި އޮންނަ ކަށަވަރުފަޅުގެ ދެކުނުފަޅީގެ ބޭރު ފަރާތުގައިވާ ފަރުގެ ފާރަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޑައިވް ސައިޓެކެވެ. މި ސަރަހައްދު މަޝްހޫރުވެފައިވަނީ […]
އާބަންކޯއިން ފަސް ކަމެއް ކުރުން ހުއްޓުމަށް އޭސީސީއިން އަންގައިފި

އާބަންކޯއާ ގުޅޭ މައްސަލައެއް ބަލަމުންދާތީ އެ ކުންފުނިން ފަސް ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިިފިއެވެ. މިކަމާ ގުޅޭ ގޮތުން އޭސީސީއިން އާބަންކޯއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އާބަންކޯއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާތީ ފަސް ކަމެއް ކުރުން ވަގުތީ ގޮތުން މަޑުޖައްސައިލުން އެދޭ ކަމަށެވެ. އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އާތިފަށް އެޑްރެސްކޮށް އޭސީސީއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާގުޅޭ ކަންކަމާއި އީއޯއައި […]