ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް/ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ތަދައްހުލުވާން ނިންމައިފިއެވެ.
މިކަން ހާމަކުރީ ޕީޕީއެމްއިން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ސްޕްރީމް ކޯޓުން މިހާރު ވަނީ އެމްޑީޕީއިިން އެ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އަންނަ އާދިއްތަ ދުވަހަށް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެވެ.
އެމްޑީޕީއިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ނަޝީދުގެ މައްސަލާގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސްޕްރީމް ކޯޓުގައިި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރެވެ. ބެންޗުގައި ދެން ތިއްބަވާނީ ފަނޑިޔާރު ހުސްނުއްސުޢޫދާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޢަލީ ރަޝީދާއި ފަނޑިޔާރު މުޙައްމަދު އިބްރާހިމެވެ.
ޕީޕީއެމް/ޕީއެންސީއިން މި މައްސަލައަށް ތަދައްހުލުވެފައިވާއިރުު,
ނަޝީދު އިސްވެ ހުންނަވައި އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއިން ވެސް ވަަނީ މި މައްސަލައަށް ތަދައްހުލުވެފައެވެ.