300 ބީސީގައި ވެސް އިންޑިއާއިން ރާއްޖެ ހިފުމަށް މަސައްކަތް ކުރި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ތާރީޚު ވަނީ ދެބަޔަށް ބެހިފައެވެ. އެއީ ރާއްޖެ އިސްލާމްވުމުގެ ކުރިޔާއި އޭގެ ފަހެވެ. ތާރީޚީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ އިސްލާމްވީ މީލާދީން 1153 ވަނަ އަހަރުއެވެ. އެއީ ހިޖުރީ ސަނަތުން 548 ވަނަ އަހަރެވެ.

ރާއްޖޭގެ ތާރީޚުން ރެކޯޑުކުރެވިފައިވާ މިންވަރެއް ލިޔެވިފައިވަނީ
ރާއްޖެ އިސްލާމްވުމުގެ ފަހުންނެވެ. ނަމަވެސް ބޭރުގެ ލިޔުންތަކުން, ޚާއްސަކޮށް އިންޑިއާގެ ލިޔުންތަކުން އެނގޭ ގޮތުގައިި, 300 ބީސީގައި އިންޑިއާގައި ވެރިކަން ކުރި ޗޯލާ އެމްޕަރަރގެ ދުވަސްވަރު ވެސް ރާއްޖެ ހިފަން މަސައްކަތް ކޮށްފައިވެއެވެ.

ރާޖަރާޖާ ދަ ގްރޭޓްސްގެ ރަސްކަމުގައްޔާއި (985 – 1013 މ ) އަދި އޭނާގެ ދަރިކަލުން ރާޖެންދުރަ 1 ގެ ރަސްކަމުގައި (1013 – 1044 މ ) ގައި މި ރަސްރަސްކަލުން ރާއްޖެ ހިފިކަމަށް ބޭރުގެ ލިޔުންތަކުގައިި އަދި ޚާއްސަކޮށް އިންޑިއާގެ ލިޔުންތަކުގައިވެއެވެ.

ތާރީޚު ބުނާ ގޮތުން އޭގެފަހުން ވެސް އިންޑިއާއިން ވަނީ އެތައް ފަހަރަކު ރާއްޖެ ހިފަން މަސައްކަތް ކޮށްފައެވެ. މިކަމުގައި ކޮންމެ ފަހަރަކުވެސް އެބައިމީހުންނަށް ވާގިވެރިވަނީ ދިވެހިންގެ ތެރެއިިން ގައުމަށް ޚިޔާނަތްތެރިވި މަދު ބައެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް