މެންބަރު ނިހާދު ރިޔާސަތުގައި އިންނެވި ޢަފީފުގެ ގަޔަށްބޮލަށް އަރައި ތަކެއްޗަށް ގެއްލުންދީފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދު ބާއްވާން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ އެމްޑީޕީ މެންބަރުން ޖަލްސާއަށް ހުރަސް އަޅައިފިއެވެ. މިއަދަށް ތާވަލުކޮށްފައި އޮތީ ބަޖެޓު ހުށަހެޅުން ކަމަށްވިޔަސް ފިނޭންސް މިނިސްޓަރު އިބްރާހިން އަމީރު ރޭ ވަނީ ޖަލްސާއަށް ވަޑައިނުގަންނަވާނެކަން ހާމަކުރައްވައިފައެވެ. އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭހައި ހިނދަކު މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ގެންދިއުމަކީ ގާނޫނާއި […]

އިންތިޚާބީ ރައީސް މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ. ނުރަސްމީ ދަތުރުފުޅެއްގައި ޑރ.މުޢިއްޒު މިރޭ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެކަމަށް އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވަނީ ކަށަވަރުކޮށް ދެއްވައިފައެވެ. މުޢިއްޒު ސިންގަޕޫރަށް ވަޑައިގަންނަވާނީ އާއިލާއާއެކު ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ނަމަވެސް ދަތުރުފުޅުގައި ހޭދަކުރައްވާނީ ކިތައް ދުވަސްކަމާއި އިތުރު ތަފްސީލެއް ނުދެއްވައެވެ. މިއީ ރިޔާސީ އިންތިޚާބުގެ ފަހުން ޑރ.މުޢިއްޒު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މުޢިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ […]

ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ފޯމުފުރަކާށް ނުޖެހޭ: ޔާމީން

ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ ކަމަށާއި އެއީ އެއްފިކުރެއްގެ ދެ ޕާޓީ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ގޭބަންދަށް ލުއިތަކެއް ދިނުމާއެކު ރޭ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބޭފުޅުންނެއް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ފޭސްބުކްގައި ކުރެއްވި ޔާމީނާ ހަވާލާދެއްވައި […]

ތުލުސްދޫ ދާއިރާގެ މެމްބަރުު ޕީއެންސީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރުު އިބްރާހިމް ނަސީމް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފިއެވެ. ކުރިއަށް އޮތް ރިޔާސީ ދައުރުގައި ރާއްޖޭގެ ވެރިކަން ކުރާނެ މައި ޕާޓީ ޕީއެންސީއަށް ނަސީމް ސޮއިކުރައްވައި މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް (އަދުރޭ) އާ އެވެ. ޕީއެންސީއަށް ސޮއިކުރެއްވުމާ ހަމައަށް ނަސީމް ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތައް ވަނީ […]

ޕީޕީއެމް/ޕީއެންސީއިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް ޚާއްސަ އެލަވަންސެއް ދެނީ

ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުން ގިނަކުރުމަށް ބާރުއެޅުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީއިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް ޕާޓީން ޚާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޢިއްޒު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. “މިގޮތުން ޕީޕީއެމް/ޕީއެންސީއިން މަޖިލީހުގެ މަދުވެގެން %20 […]

ނަޝީދުގެ ވަކިކުރުމުގެ މައްސަލާގައި އެމްޑީޕީން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީއިން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ. 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ އޮތީ މިއަދަށް އެޖެންޑާކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމައިފައެވެ. މިކަމާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު […]

ރައީސް ޔާމީން ގޭބަންދުން ރަށު ބަންދަށް ބަދަލުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދުން ރަށު ބަންދަށް ބަދަލުކޮށްފިއެވެ. ވ.އާރަށުގެ މައްސަލާގައި މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީން ދިގު މުއްދަތެއްގައި ޖަލުގައި ހުންނެވުމަށްފަހު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުންނެވީ ގޭބަންދުގައެވެ. ރައީސް ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރައީސް އިބްރާހިމް […]

ސަމާލުވޭ! ޕީޕީއެމްގެ ނަމުގައި ސްޕޭމް މެސެޖުތައް ފޮނުވަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީން އެދިއްޖެއެވެ. ރެއިން ފެށިގެން ޕީޕީއެމްގެ ނަމުގައި ގިނަ މެސެޖުތައް ފޮނުވަމުންދަނީ ޑީއެޗްއެލްގެ ނަމުގައެވެ. ޕީޕީއެމްއިން މިއަދު ބުނީ އެ ޕާޓީގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމަށެވެ. “ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމުގައި ދަންނަވަން. އަދި އެ މެސެޖްގައިވާ ލިންކަށް ނުވެންނެވުން އެެެދެން.“ ޕީޕީއެމްގެ ނަމުގައި […]

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ހަނދުކޭތަ ނަމާދުކުރުން އޮންނާނެ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތެއްގައި މާދަމާރޭ ހަނދުކޭތަ ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީއިން މިރޭ ސިޓީ ކައުންސިލުތަކުގެ އިދާރާތަކާއި އަތޮޅު ކައުންސިލުތަކުގެ އިދާރާތަކާއި ރަށު ކައުންސިލުތަކުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ, މާދަމާރޭ ހަނދުކޭތައެއް ހިފާނެ ކަމަށާއި މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 23:01 ގައި ކަމަށެވެ. އަދި މި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭގެ މެންދަމުން އަލިވެ […]

ޑރ.މުޢިއްޒު މާދަމާ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މާދަމާ ހަވީރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މި ބައްދަލުވުން އޮންނާނީ މާދަމާ ހަވީރު 16:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ބައްދަލުވުމުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކޯލިޝަނުން ވަނީ އެދިފައެވެ. ޑރ.މުޢިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވަނީ މި މަހުގެ 20 ވަނަ […]