ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ފޯމުފުރަކާށް ނުޖެހޭ: ޔާމީން

Loading

Facebook
Twitter
WhatsApp

ޕީޕީއެމްގެ އެއްވެސް މެމްބަރަކު ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ ކަމަށާއި އެއީ އެއްފިކުރެއްގެ ދެ ޕާޓީ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ގޭބަންދަށް ލުއިތަކެއް ދިނުމާއެކު ރޭ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބޭފުޅުންނެއް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ފޭސްބުކްގައި ކުރެއްވި ޔާމީނާ ހަވާލާދެއްވައި ވިދާޅުވީ ޕާޓީގެ އެއްވެސް މެމްބަރަކުއެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ ކަމަށާއި އެއީ އެއްފިކުރެއްގެ ދެ ޕާޓީ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުންކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް ޖަމީލު ވަނީ ވިދާޅުވެފައެވެ.

Loading

2 Responses

  1. ކޮންމެއެއްޗެއްވެސް އަރާއަރަފޯދުނީމާ ދެން ޖަހާނީ މޯޅިވާށެވެ. ވީމާ ދެން ރައީސް ޔާމީނުގެ ތަރިވެސް މަޑުމަޑުން އޮއްސޭނީއެވެ. ހަމަ މައުމޫނާއި އަންނި އަށް ވީހެންވާނީއެވެ. ދެން މުއިއްޒުއާއި ޔާމީނާއި ފައިޓްޖެއްސީމާ ދެންވާނެގޮތް ނުފެނުނިއްޔާ ވާހާރަނގަޅެވެ. ބަލަން މިތިބީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް