“ނަޝީދުގެ މައްސަލަ ނުނިމި އޮތުމަކީ މުޢިއްޒު ހުވާކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އޮތް ހުރަހެއް ނޫން“

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް ނުނިމި އޮތުމަކީ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދު ﷲ ދީދީ ވިދާޅުވެއްޖެއެވެ. ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީއިން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުގެ އިދާރާއިން ވަނީ އެޖެންޑާކޮށްފައެވެ. އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުން ކުރިއަށްގެންދާ […]
ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ފަނޑިޔާރު ޝަހީދު ހަމަޖައްސައިފި

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ހަމަޖައްސައިފިއެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު މި މަހުގެ ފަސްވަނަ ދުވަހު ހުޅުވާލައި އެ މުއްދަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ކުރިމަތިލެއްވީ ފަނޑިޔާރު ޙުސައިން ޝަހީދު އެކަންޏެވެ. ޖޭއެސްސީން މިއަދު ބުނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝަހީދު ހަމަޖެއްސުމަށް އިއްޔެ ނިންމާފައިވާ ކަމަށެވެ. 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ […]
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ. އެމްޑީޕީގެ 48 މެންބަރަކު ސޮއިކުރައްވައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. މި މައްސަލަ ބަލައިގަނެ މި މަހުގެ 12 ވަނަ ދުވަހު ނަޝީދަށް ނޯޓިސް ފޮނުވާފައިވާއިރު ނޯޓިސްގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ. މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައެވެ. […]
އިޒްރޭލުގެ ޕާސްޕޯޓް “ބޭން“ ކޮށް, އެ މީހުންގެ މުދާ އެތެރެކުރުން މަނާކުރުމުގެ ގާނޫނެއް ހަދަން ހުށަހެޅުމެއް

އިޒްރޭލުގެ ޕާސްޕޯޓް “ބޭން“ ކޮށް އެ މީހުންގެ މުދާ ރާއްޖެ އެތެރެކުރުން މަނާކުރުމުގެ ގާނޫނެއް އެކުލަވައިލުމަށް ކުޅުދުށްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވައިފިއެވެ. ފަލަސްޠީން މައްސަލާގައި ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ހުށަހެޅުއްވި ގަރާރަށް ބުދަ ދުވަހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޔާސިރު ވިދާޅުވީ މިހާ ހިސާބަށް އައިއިރުގައި މި މައްސަލައިގެ ބޮޑުކަމާއި, މުހިންމުކާއި, މިކަމަށް ވަކާލާތު ކުރުމުގެ މުހިންމު ކަމަކީ އޮޅިފައި އޮންނާނޭ ކަމެއް ނޫން ކަމަށެވެ. އަދި އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް […]
ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފު ކޮށްފި

ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފު ކޮށްފިއެވެ. ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރީ މާލެ ސަރަހައްދަށެވެ. މި ޚިދުމަތް ތައާރަފު ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ. ހެލްތު މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި މި ޚިދުމަތް ދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމުކޮށްފައެވެ. މި ކޯލް ސެންޓަރުގެ ނަންބަރަކީ 100 އެވެ. […]
މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރެވިފައިނުވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ. ކ.މާފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހޯދަމުން އަންނަނީ ށ.ފުނަދޫ / ތަރަހަ، ރައްޒާނު އާދަމް (32އ) އެވެ. ފުލުހުން މިއަދު ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ […]
“ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ 2018 ނޮވެމްބަރުގެ ކުރިން ހިންގި ބައެއް މުއާމަލާތްތަކާ ގުޅޭ ފައިސާ“

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާއިރު, އެ ފައިސާއަކީ 2018 ނޮވެމްބަރު މަހުގެ ކުރިން ހިންގާފައިވާ 4 މުއާމަލާތަކާ ގުޅޭ ފައިސާކަމަށް ފެނަކައިން މިއަދު ބުނެފިއެވެ. އޭސީސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު ވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ […]
މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއް އަންނަ ނޮވެމްބަރު މަހުގައި އިއުލާނުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާނެ ތާރީޚެއް އަންނަ ނޮވެމްބަރު މަހުގެތެރޭގައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ އަންނަ މާޗުމަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅު ކަމަށެވެ އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތް ކަމަށާއިި އެއީ ގާނޫނު އޮތް ގޮތުން […]
ފެނަކައާގުޅޭ 75 މައްސަލަ, މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އަންގައިފިން: އޭސީސީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު ވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި, ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި, އުސޫލުތަކުގެ […]
ނަރީޝް ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރަންވަން ނިންމަވާފައިވާކަން މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު އިއުލާނު ކުރައްވައިިފިއެވެ. ނަރީޝް މިކަން އިއުލާނު ކުރެއްވީ ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މެދުވެރިކޮށް މިއަދު ހަވީރު ކުރެއްވި ޕޯސްޓެއްގައެވެ. ނަރީޝް ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި މިއީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުުމުގެ މަތިން ނިންމެވި ނިންމެވުމެއް ކަމަށެވެ. […]