ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ފަނޑިޔާރު ޝަހީދު ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ހަމަޖައްސައިފިއެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު މި މަހުގެ ފަސްވަނަ ދުވަހު ހުޅުވާލައި އެ މުއްދަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ކުރިމަތިލެއްވީ ފަނޑިޔާރު ޙުސައިން ޝަހީދު އެކަންޏެވެ.

ޖޭއެސްސީން މިއަދު ބުނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝަހީދު ހަމަޖެއްސުމަށް އިއްޔެ ނިންމާފައިވާ ކަމަށެވެ.

2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަރސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.

ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2014 ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. އޭނާ ވަނީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި, ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި, ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.

ޖޭއެސްސީއިން އިއްޔެ ވަނީ ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ މަރްޔަމް ވަޙީދު ހަމަޖެއްސުމަށް ވެސް ނިންމައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް