މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރެވިފައިނުވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.

ކ.މާފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހޯދަމުން އަންނަނީ ށ.ފުނަދޫ / ތަރަހަ، ރައްޒާނު އާދަމް (32އ) އެވެ.

ފުލުހުން މިއަދު ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މާފުށި ޕޮލިސް ސްޓޭޝަނަށް އޭނާ ހާޒިރުވާންޖެހެނީ އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުގެ 14:00 އަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް