ފެނަކައާގުޅޭ 75 މައްސަލަ, މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އަންގައިފިން: އޭސީސީ

Loading

Facebook
Twitter
WhatsApp

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު ވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި, ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި, އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި, ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި, ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭ  ގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

އެގޮތުން މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގުކުރުމަށްފަހު, އެ މައްސަލަތަކާ ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

އޭސީސީއިން ހާމަކުރި ގޮތުގައި ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް އެ ކޮމިޝަނުން މިހާތަނަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.

އޭގެތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހު ކުރުމަށާއި ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމަށާއިި, ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި, ކުންފުނިން ބަލައި ތަހުގީގުކުރުމަށް 6 ކަމެއް ހިމެނެއެވެ.

އޭސީސީން ބުނީ ފެނަކަ ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި އެ ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި; ތަހުގީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވައިލާ, އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި, ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.


Loading

One Response

  1. ސީދާ ރައީސް އިބްރާހިމްގެ ބެލުމުގެ ދަށުން ޒީރޯ ޓޮލެރެންސް މެނޭޖްމަންޓް އަށް ވަގުން ލައިގެން ހިންގި ޖަރީމާއެކެވެ. ސަޢީދު ބޮލަށް ހުރިހާކަމެއް ކަނޑާލައިގެން ނުވާނެއެވެ. އާއެކެވެ. ސަޢިދަށްވެސް ވާވަރު އޭނާކުރިއެވެ. އަގުބޮޑު ކާރުކޮޅު އެކަންޏެއް ނޫނެވެ. ތި އޭސީސީ ދުނިޔެއަށް އުފަންވީ މުޢީޒްއަށް ވެރިކަމުގެ އާ ބަސް ރައްޔަތުން ބުނި 30 ސެޕްޓެމްބަރުގެ ފަހުން ހެއްޔެވެ. އަދި އޭސީސީ އިން ބެލުމަށްފައު އުންސުރު ހަމަކުރާ އޮފީހުން އުންސުރު ހަމަނުވާތީ ފޮނުވާލާނެއެވެ. އެމްއެމްޕރސީ މަޙުލޫފު ސަލާމަތް ކޮށް ދިންގޮތަށެވެ. އެެވެސް ދައުލަތުގެ ނަމުގައި ހުން ސިއްކަ އިބްރާހިމްގެ އެޖެންޓެކެވެ. ހުރިހާ މުއައްސަސާއެއް އަންބޮޑިދަށް އިބުރާހިމް ލައިގެން އޭނާ ބޭނުންވާގޮތަށް ވައްކަމާއި ޚިޔާނާތް ހިންގަދޭނެ މީހުން ދިމަދިމާލަށް ލައިގެން ސީދާ އިބުރާހިމް ހިންގިވައްކަމެކެވެ. އެނޫނީ އެންމެން ސަޢީދު އާއި އެހެނިހެން ކުންފުނިތަކުން ވަގުންތައް ވައްކަން ކުރިއިރު އިބްރާހިމަށް ރެޔަކާ ލީހެއް ނޫންތޯއެވެ. ހަމަ އެނގިހުރެ އެ ވަގުންތައް ލައްވާ ވަގު ބޯޑުތަކުން ފާސްކުރުވައިގެން ރައްޔަތުން ފެލާލީއެވެ. ނުފެލާނެ ކަމެއްވެސް ނެތެވެ. ދެން އަންނަސަރުކާރަކުންވެސް އެވަގުންތަކަށް އަދަބެއްނުދެނެ ވިއްޔާއެވެ!
    ﷲގެ ރަޙުމަތްފުޅުން އިބްރާހިމްގެ ވެރިކަން ނިމުނީތީ އަލްޙަމްދުލިﷲއެވެ. އެނޫންނަމަ ދައުލަތް ވިއްކާލައި އެނާ ސިއްކަކައިރިއަށް ސިލޯނަށް ހިޖްރަކުރީހެވެ. މިހާރުވެސް ކޮވިޑްގެ ފަހުން ސިލޯނުގެ 5% ބިން އިބްރާހިމްގެ ބަފާބެ ސިއްކަ ގަނެފިޔޯލަ. އިބްރާހިމަށް ހަމަ ސާބަހެވެ. ރައީސް ޔާމީނަށް ވަގޭ ވަގޭ ގޮވާފަ އިބްރޭގެ ޓީމުން ރައްޔަތުން އަތުން ވައްކަން ކޮށްލައިފިއެވެ. ސަހަރޯއެވެ. ވޯޓް ވިއްކާ ދިވެހި ރައްޔަތުންތައް ހޭލާން އެބަޖެހެއެވެ. އަމިއްލަ އަމާގެ ފައްޓަރުބައި އަމަޔަށް ވަގަށް ވިއްކާލާ ހިސާބަށް އިންސާނާ ދިޔައީމާ ގައުމަށް ވެރިކަން ކޮށްލަންވެސް ލިބޭ ގައްދާރުންކަން ޔަގީނެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް