އެމްޑީޕީއަށް ވެރިކަން ގެއްލުނީ ވައުދުތައް ހަނދާން ނައްތާލައި އަމިއްލަ އެދުން އިސްކުރުމުން: ސިރާޖު

އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައްޔިތުންނަށް ވީ ވައުދުތައް ހަނދާން ނައްތާލައި އަމިއްލަ އެދުން އިސްކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ސިރާޖު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުތަކުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައްވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށާއި މުއައްސަސާތައް ރިފޯމް ކުރުމަށާއި ފަނޑިޔާރުންނަށް އޮތް ނުފޫޒު ނައްތައިލުމަށާއި […]
ޑރ.އަނާރާ ހުރާ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ.އަނާރާ ނަޢީމް އިއުލާނު ކުރައްވައިފިއެވެ. ޑރ.އަނާރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުން ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި އޭނާ ވާދަކުރައްވަން ނިންމަވާފައިވަނީ މަޖިލީހަށް އަލަށް އިތުރުކުރި ހަ ދާއިރާގެ ތެެރޭގައި ހިމެނޭ ހުރާ ދާއިރާއަށެވެ. މަޖިލީހުގެ 18 ވަނަ ދައުރުގައި މަކުނުދޫ ދާއިރާގެ ތަމްސީލު ކުރެއްވި ދީނީ އިލްމުވެރިޔާ ޑރ.އަނާރާ ވަނީ, 19 ވަނަ ދައުރުގައި ވެސް އެ ދާއިރާއަށް ވާދަކުރައްވައިިފައެވެ. […]
އެސްއޯއެފްއިން ފައިސާ ހޯދަން އެމްއެމްޕީއާރްސީއިން އަލުން ކޯޓަށް މައްސަލަ ހުށަހަޅައިފި

އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގައި މެދުވެރިއަކަށްވީ އެސްއޯއެފް ކުންފުނިން އަނބުރާ ފައިސާ ހޯދަން އެމްއެމްޕީއާރްސީއިން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން އެ ކުންފުނިން އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިިފިއެވެ. އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން އެސްއޯއެފްގެ މައްޗަށް ހުކުމްކުރީ 2017 ސެޕްޓެމްބަރު 17 ގައެވެ. މި ހުކުމާ އެއްގޮތަށް އެސްއޯއެފްއިން ފައިސާ ނުދައްކާތީ ސިވިލް ކޯޓުން އިސްވެ އެ މައްސަލަ ބަލަން ފެށިއެވެ. […]
އެފްއޭއެމްގެ މާލީ މުއާމަލާތްތަކަކާ ގުޅޭ ތަހުގީގަށް ބޭނުންވާ ހެކި ހޯދަން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މާލީ މުއާމަލާތްތަކަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން މިއަދު ބުނީ އެފްއޭއެމްގެ މާލީ މުއާމަލާތްތަކަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށްކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެ އެސޯސިއޭޝަނުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކުން އެފްއޭއެމްއަށް ފޮނުވާ ފައިސާ އަމިއްލަ މީސްމީހުންގެ އެކައުންޓުތަކަށް ފޮނުވައި މަނީލޯންޑަރިންއާއި ޚިޔާނާތަށް ތުހުމަތުކުރެވޭ […]
މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު ނިޔާވެއްޖެ

ހދ.މަކުނުދޫ ގައި ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މީގެއިރުކޮޅެއް ކުރިން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަކުނުދޫގައި އެއްޗެއް ގޮވާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ގޮވާފައިވަނީ މަސް މާރުކޭޓު ކައިިރީގައި އޮތް ގޭސް ސިލިންޑަރެކެވެ. މި ހާދިސާގައި ނިޔާވީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުންނެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
“އާރާއި ބާރު އޮތްއިރު ނުލަފާކަން ދައްކާފައިި, ފަލަސްތީން, ފަލަސްތީން ކިޔަމުން މިއަދު ނުކުންނާނީ ގޮތެއްފޮތެއް ނެތީމަ“

އާރާއި ބާރުގައި ހުރި ދުވަހު އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ބޭއްވި ސައިިކަލު ބުރު ހުއްޓުވުމަށްފަހު މިއަދު ނުކުމެ ފަލަަސްތީނޭ ކިޔައި ވާހަކަ ދައްކަވަމުން ގެންދަވަނީ ގޮތެއްފޮތެއް ނެތީމާ ކަމަށް ވިދާޅުވެ ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް ހޯމް މިނިސްޓަރު ޝައިިޚު އިމްރާނަށް ފާޑުވިދާޅުވެއްޖެއެވެ. ޢަލީ މިފަދައިން ފާޑުވިދާޅުވީ އިމްރާންގެ ނަން ނުގެންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އާރާއި ބާރުގައި ހުރި ދުވަހު އަނިޔާވެރި އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ބޭއްވި ސައިިކަލު ބުރު ހުއްޓުވާފަ އެއްކަލަ ބާރުވެރިކަން […]
ކުޅުދުށްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި 4 މީހަކަށް އަނިޔާވެއްޖެ

ކުޅުދުށްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި 4 މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ އޮފިޝަލަކު ދެންމެ ވިދާޅުވީ ކުޅުދުށްފުށި ސިޓީ އެއާޕޯޓުގެ ފަޔަރ ގެ ޓްރެއިނިންގ ގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމުގެ މައުލޫމާތު މިއަދު 11:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. “ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން.“ އޮފިޝަލު ވިދާޅުވިއެވެ. މި ހާދިސާގައި ކުޅުދުށްފުށި ސިޓީ އެއާޕޯޓުގެ 4 މުވައްޒަފަކަށް އަނިޔާވި ކަމަށާއި ހޮސްޕިޓަލުގައި އެ މީހުންނަށް ފަރުވާދެމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. […]
އެއާޕޯޓުތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އުޅުނު ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އުޅުނު ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެއާޕޯޓުތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އުޅެމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޗައިނާގެ އަންހެނެއް ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ ވަނީ އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުންފަދަ އަމަލުތައް ހިންގައިފައެވެ. މި އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް […]
ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދޫނިދުއާއި ފުނަދުއާ ދޭތެރޭ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ ހަށިގަނޑު ފެނިގެން ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރީ މިއަދު 9:10 ހާއިރު ކަމަށެވެ. އެ މީހާގެ ހަށިގަނޑު އޮޔާދާތަން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުން އެ މީހާ އޮތީ ބަރަހަނާ ހާލުގައެވެ. ފުލުހުން މައުލޫމާތު ދިން […]
ޖަވާބުދާރީވެވަޑައިގަތުމަށް ނަޝީދަށް 30 މިނެޓުގެ ފުރުސަތެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 48 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނަށް 30 މިނެޓުގެ ފުރުސަތެއް އެރުވުމަށް މަޖިލީހުގެ އާންމު ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކުރީ މި މަހުގެ 08 ގައެވެ. މިއީ މި އަހަރުތެރޭގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރެވެ. ކުރިން […]