ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދޫނިދުއާއި ފުނަދުއާ ދޭތެރޭ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހަށިގަނޑު ފެނިގެން ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރީ މިއަދު 9:10 ހާއިރު ކަމަށެވެ.

އެ މީހާގެ ހަށިގަނޑު އޮޔާދާތަން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުން އެ މީހާ އޮތީ ބަރަހަނާ ހާލުގައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާއަކީ ރޭގެ ވަގުތެއްގައި ރަސްފަންނާ ދިމާއިން މޫދަށް ފުންމައިލި މީހެކެވެ.

އެއީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް