އެފްއޭއެމްގެ މާލީ މުއާމަލާތްތަކަކާ ގުޅޭ ތަހުގީގަށް ބޭނުންވާ ހެކި ހޯދަން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި

Loading

Facebook
Twitter
WhatsApp

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މާލީ މުއާމަލާތްތަކަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ އެފްއޭއެމްގެ މާލީ މުއާމަލާތްތަކަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް
ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެ އެސޯސިއޭޝަނުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކުން އެފްއޭއެމްއަށް ފޮނުވާ ފައިސާ އަމިއްލަ މީސްމީހުންގެ އެކައުންޓުތަކަށް ފޮނުވައި މަނީލޯންޑަރިންއާއި ޚިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެންގުމަކާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގެކެވެ.

ޕީޖީ އޮފީހުން ބުނީ ދިވެހިރާއްޖެއަކީ ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއުއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހތާ ސީދާ ގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ޚިލާފަށް ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އެހެންކަމުން އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންއާއި ވައްކަމާއި ޚިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ އެ ކަމެއް ތަހުގީގުކޮށްދެއްވައި އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް މި އޮފީހަށް ފޮނުއްވުމަށް އަމުރު ކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް