ކުޅުދުށްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި 4 މީހަކަށް އަނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ކުޅުދުށްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ އޮފިޝަލަކު ދެންމެ ވިދާޅުވީ ކުޅުދުށްފުށި ސިޓީ އެއާޕޯޓުގެ ފަޔަރ ގެ ޓްރެއިނިންގ ގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމުގެ މައުލޫމާތު މިއަދު 11:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

“ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން.“ އޮފިޝަލު ވިދާޅުވިއެވެ.

މި ހާދިސާގައި ކުޅުދުށްފުށި ސިޓީ އެއާޕޯޓުގެ 4 މުވައްޒަފަކަށް އަނިޔާވި ކަމަށާއި ހޮސްޕިޓަލުގައި އެ މީހުންނަށް ފަރުވާދެމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އޭގެެެތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް