ފަލަސްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ކެތްތެރިކަން ދެއްވުން އެދި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ކެތްތެރިކަން ދެއްވުން އެދި ފަރުޟު ފަސް ނަމާދުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފިއެވެ. ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއްފަދަ ކަމެއް ދިމާވުމުން ނަމާދުގެ ފަހު ރަކުޢަތުގައި ކިޔާ ދުޢާއެކެވެ. އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ގުޅިގެން ފަލަސްޠީނު ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ދަނީ ކިޔަމުންނެވެ. އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން […]
ފާރިސް އަނެއްކާ ވެސް މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަޙްމަދު ފާރިސް މައުމޫން އިއުލާނު ކުރައްވައިފިއެވެ. ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ފާރިސް މިކަން އިއުލާނުކުރެއްވީ ރޭގެވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފާރިސް ވިދާޅުވީ އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމުކަން ބޮޑުކަމުން ކުރިއަށް އޮތް އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ގަސްދު ކުރައްވާ ކަމަށެވެ. ތިޔަ ހުރިހާ [ދާއިރާގެ] ބޭފުޅުންގެ ތާއީދަށް […]
އާ ސަރުކާރުވާނީ އިސްލާމްދީނާއި ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް: މުޢިއްޒު

ނޮވެމްބަރު 17 ގައި ގާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރު ވާނީ އިސްލާމްދީނާ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި ވިދާޅުވީ އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 9 ގަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށްވާއިރު މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން […]
ފުޅަދޫ ކައުންސިލުގެ ރައީސް ޕީއެންސީއަށް ސޮއިކުރައްވައިފި

ބ.ފުޅަދޫ ކައުންސިލުގެ ރައީސް ޢަލީ އަޒުހަރު މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ. އަޒުހަރު ޕީއެންސީއަށް ސޮއިކުރައްވައިވާ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒެވެ. އަޒުހަރަކީ ކުރިން އެމްޑީޕީގައި ހުންނެވި ބޭފުޅެކެވެ. ބައެއް މީޑިއާތަކަށް އަޒުހަރު ވިދާޅުވީ ޕީއެންސީއާ ގުޅިވަޑައިގަތީ އާ ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި އާ ސަރުކާރާއެކު ފުޅަދޫގެ ކުރިއެރުމަށާއި ރާއްޖޭގެ ތަރައްގީއަށް މާ ބޮޑަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
ބަޖެޓު އެކުލަވައިލުމަށް މުޢިއްޒުގެ ފަރާތުން ތަޖުރިބާކާރު 8 މެންބަރުންގެ ކޮމިޓީއެއް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަދި އާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބަޖެޓު އެކުލަވައިލުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ދައުލަތުގެ ބަޖެޓު އެކުލަވައިލުމަށް އިންތިޚާބީ ރައީސް އެކުލަވައިލެއްވި ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ އަދަދު މިހާރު އަށަކަށް އިތުރުކޮށްފައިވާ ކަމަށެވެ. ކޮމިޓީގެ މެންބަރުން: ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު […]
ފަލަސްޠީނަށް ނަސްރު ދެއްވުން އެދި ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން އަންގައިފި

އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްޠީނު ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިގޮތަށް އެންގީ ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. އެ ސާކިއުލާގައި ބުނެފައިވަނީ އިޒްރޭލްގެ ސަޙްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދެއްވައި އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ […]
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް “ޖޭ.އޭ.ޑީ“ އިތުރުކޮށް ލިސްޓު އާންމުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަށް ބައެއް ބަދަލުތައް ގެނައުމަށްފަހު މިއަދު އާންމުކޮށްފިއެވެ. ޓެރަރިސްޓް ޖަމާއަތްތައްކަމަށް ބެލެވޭ ޖަމާއަތްތައް ކަނޑައަޅުއްވަނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ. މި ލިސްޓަށް އުނިއިތުރު ގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. ލިސްޓް ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކޮށް އާންމުކުރަންޖެހޭއިރު ރައީސް އޮފީހުން މިއަދު ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި 2 އޮކްޓޫބަރު 2022 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައިވާ […]
އިންތިޚާބީ ރައީސް ހުވާކުރެއްވުން ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވަން މަޝްވަރާ ކުރައްވާފައިވާ ކަމަށް އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ 17 ނޮވެމްބަރަކީ ހުކުރު ދުވަހެއް ކަމަށްވާތީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކަމަށެވެ. ނަމަވެސް […]
ޕީއެންސީގެ ރައީސަކަށް އިންތިޚާބީ ރައީސް ޑރ.މުޢިއްޒު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސްގެ މަގާމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސައިފިއެވެ. ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވައިފައެވެ. މި މަޖިލީހުގެ މެންބަރުންގެ އަދަދަކީ 50 ކަމަށްވިޔަސް ހާޒިރުވީ 41 މެންބަރުންނެވެ. މިރޭގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސްގެ މަގާމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ނައިބު ރައީސްގެ މަގާމަށް އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އާއި ޗެއާޕާސަންއަކަށް ޢަބްދުއްރަޙީމް (އަދުރޭ) ހަމަޖެއްސީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ […]
އިންތިޚާބީ ރައީސް ޑރ.މުޢިއްޒުގެ ސޯޝަލް ސެންޓަރުގައި މިރޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުން މިރޭ ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. ޑރ.މުޢިއްޒު ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ބާއްވާ ޖަލްސާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ހަމަޖެއްސުމަށްފަހު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރީއެވެ. ޕީޕީއެމްއިން މިއަދު ބުނީ މުޢިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާ މިރޭ 20:30 ގައި ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށެވެ. “ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން.“ ކުރިއަށް […]