އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަދި އާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބަޖެޓު އެކުލަވައިލުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ދައުލަތުގެ ބަޖެޓު އެކުލަވައިލުމަށް އިންތިޚާބީ ރައީސް އެކުލަވައިލެއްވި ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ އަދަދު މިހާރު އަށަކަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކޮމިޓީގެ މެންބަރުން:
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު (ޗެއަރމަން)
ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް ޖިހާދު.
ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން.
ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު.
ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު.
ކުރީގެ ގަވަރުނަރު އަޙްމަދު ނަޞީރު.
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ލުވޭޒް.
މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ކުރީގެ މެންބަރު ޙަލީމް ޢަބްދުއްލަޠީފް.
ފިރުޒުލް ވިދާޅުވީ މި ކޮމިޓީގެ މަސައްކަތްތައް މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށެވެ. ބަޖެޓު އެކުލަވައިލާނީ އިންތިގާލީ ކޮމިޓީތަކުން މުއައްސަސާތަކަށް ގޮސް އެއްކުރާ މައުލޫމާތުތަކާއި އިންތިޚާބީ ރައީސްގެ 100 ދުވަހުގެ ވައުދުތަކުގެ މައްޗަށް ވަރަށް ބޮޑަށް ބެލުމަށްފަހުކަމަށް ފިރުޒުލް ވިދާޅުވިއެވެ.
![]()

One Response
ރަނގަޅު ފެށުމެއް. އިންޝާﷲ