ފަލަސްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ކެތްތެރިކަން ދެއްވުން އެދި ފަރުޟު ފަސް ނަމާދުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފިއެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއްފަދަ ކަމެއް ދިމާވުމުން ނަމާދުގެ ފަހު ރަކުޢަތުގައި ކިޔާ ދުޢާއެކެވެ.
އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ގުޅިގެން ފަލަސްޠީނު ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ދަނީ ކިޔަމުންނެވެ.
އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން ފެށީ
މި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ
ފަލަސްޠީނު ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި މިއަދު މެންދުރު ނަމާދުން ފެށިގެން އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ފަރުޟު ފަސް ނަމާދުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގައިފައެވެ.
![]()
