އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުން މިރޭ ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޑރ.މުޢިއްޒު ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ބާއްވާ ޖަލްސާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ހަމަޖެއްސުމަށްފަހު
މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރީއެވެ.
ޕީޕީއެމްއިން މިއަދު ބުނީ މުޢިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާ މިރޭ 20:30 ގައި ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށެވެ.
“ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން.“
ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑރ.މުޢިއްޒު އިންތިޚާބުވެވަޑައިގަތީީ 129,159 (%54.03) ވޯޓާއެކުއެވެ.
ދެވަނަ ބުރުގައި ޑރ.މުޢިއްޒާ ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީީ 109,868 (%45.96) ވޯޓެވެ.
![]()
