ފާރިސް އަނެއްކާ ވެސް މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ

Loading

Facebook
Twitter
WhatsApp

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަޙްމަދު ފާރިސް މައުމޫން އިއުލާނު ކުރައްވައިފިއެވެ.

ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ފާރިސް މިކަން އިއުލާނުކުރެއްވީ ރޭގެވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފާރިސް ވިދާޅުވީ އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމުކަން ބޮޑުކަމުން ކުރިއަށް އޮތް އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ގަސްދު ކުރައްވާ ކަމަށެވެ.

ތިޔަ ހުރިހާ [ދާއިރާގެ] ބޭފުޅުންގެ ތާއީދަށް އިޚްލާސްތެރި
ކަމާއެކު އެދެމެވެ.“

މިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވައި 3004 (%1.37) ވޯޓު ހޯއްދެވި ފާރިސް ވަނީ 19 ވަނަ މަޖިލީހުގައި ވެސް މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި މުޙައްމަދު ރަޝީދެވެ.

ފާރިސް ވަނީ 18 ވަނަ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް