މޯދީގެ މަރުހަބާ އިންތިޚާބީ ރައީސް މުޢިއްޒަށް

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ. އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި %53 ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި މުޢިއްޒަށް ޓެގް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން […]
ވީހާވެސް އަވަހަށް ނުކުމެ ގާނޫނީ ހައްގުގެ ބޭނުން ކުރައްވާ: މުޢިއްޒު

ވީހާވެސް އަވަހަށް ނުކުމެ ގާނޫނީ ހައްގުގެ ބޭނުން ކުރައްވައި ވޯޓުލުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. މުޢިއްޒު މި ގޮތަށް އިލްތިމާސް ކުރެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮށްޓަށް ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މުޢިއްޒު ވަނީ ފުރަތަމަ ބުރަށްވުރެ ގިނަ މީހުން ނުކުމެ ވޯޓުލުމަށް އިލްތިމާސް ކުރައްވައިފައެވެ. “އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުން ކުރައްވައި ވޯޓު ލައި […]
މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަށް 50,000 ރ. ދޭން ރައީސް ނިންމަވައިިފި

ލ.މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަށް 50,000 ރ. ދޭން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރިޔާސީ އިންތިޚާބު ފެށެން އެއް ދުވަހަށްވެފައި ވަނިކޮށް ގަމު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުނަށް ދެމުންގެންދާ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި އާއިލާތަކަށް ހަމަޖެހިފައިނުވާކަމުގެ ޝަކުވާތައް އެ އާއިލާތަކުން ސަރުކާރަށް ހުށަހަޅަމުން […]
“ދިވެހީންގެ ރާއްޖެ ހޯދުމަށް މިއަދު ނުތެދުވެއްޖެނަމަ ދެން ދުވަހަކު ވެސް ނުހޯދޭ ހާލަތަށް ހިނގައިދާނެ“

ދިވެހީންގެ ރާއްޖެ ހޯދުމަށް މިއަދު ނުތެދުވެއްޖެނަމަ ދެން ދުވަހަކު ވެސް ދިވެހީންގެ ރާއްޖެ ނުހޯދޭ ހާލަތަށް ހިނގައިދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ގިރާވަރު ކޮމިއުނިޓީއާ ބައްދަލުކުރައްވަން ރޭ މާފަންނުގައި ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ ދިވެހިންނަށް މިހާ އަމާންކޮށް ސުލްހަވެރިކޮށް ތިބެވެނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދިވެހީންގެ ރާއްޖެ ދިވެހީންގެ އަތުން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ވެސް ދިވެހި ގައުމީ އަބުތާލުން ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެއްވި […]
ކުރިމަތިލައިގެން މިހިރީ އަނިޔާވެރިކަން ނިންމަން: ޑރ.މުޢިއްޒު

ވެރިކަމަށް ކުރިމަތިލެއްވީ އަނިޔާވެރިކަން ނިންމަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާާާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ބ.ކަމަދޫގައި ރޭ ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ ވެރިކަމަށް ކުރިމަތިލެއްވީ އަނިޔާވެރިކަން ނިންމަން ކަމަށާއި ނަފްސާނީ ގޮތުން ދޭ އަނިޔާ އަކީ ވެސް އަނިޔާ ކަމަށެވެ. “ސިޔާސީ ގޮތުން އަޅުގަނޑަށް ތާއީދުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ނަފްސާނީ އަނިޔާ އެބަދޭ.“ މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރުވާނީ ރައްޔިތުން އެދޭފަދަ އިންސާފުވެރި ޢަދުލުވެރި އަނިޔާވެރިކަން ނިމުމަކަށް ގެނެސްދޭނެ ސަރުކާރަކަށް ކަމަށެވެ. […]
ނަޝީދާ ބައްދަލު ކުރައްވަން ޔާމީން ދެކޮޅު ހައްދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލު ކުރެއްވުމަށް މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެކޮޅު ހައްދަވައިފިއެވެ. “ދޮންމަނިކު ސްކައި ވިއު“ ރެސްޓޯރެންޓްގައި ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރުގައި މިކަމުގައި ރައީސް ޔާމީނާ ވެސް މަޝްވަރާކުރުން ބޭނުންތެރި ކަމަށާއި އެގޮތުން އެމަނިކުފާނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. “ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 […]
ޓެކްސީއެއް ކޮންޓްރޯލްނުވެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ސޯލާ ޕެނަލްތަކަށް ގެއްލުންވެއްޖެ

މާލެ ހުޅުމާލެ ހައިވޭގައި ދުއްވި ޓެކްސީ އެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް މިއަދު ގެއްލުންވެއްޖެއެވެ. އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުލިބެއެވެ. ފުލުހުން ބުނީ ހައިވޭގެ ހަތަރު ލޭނުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައިވާކަމަށް މިއަދު ހެނދުނު ހަތެއް ޖެހި އިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ”މިކާރިސާގައި މީހަކަށް އަނިޔާއެއް ނުވޭ، ނަމަވެސް ޓެކްސީއަށާއި ސޯލާޕެނަލް ތަކަށް އެކިވަރުގެ […]
ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސް ނަޝީދު ރައީސް ޔާމީނާ ބައްދަލުކުރައްވަނީ

މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްްވުމަށްް މާދަމާ އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މާފުށްޓަށް ވަޑައިގަންނަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. “ދޮންމަނިކު ސްކައި ވިއު“ ރެސްޓޯރެންޓްގައި މިއަދު ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ވޯޓުލަމުންދަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށާއި އެހެން ނަމަވެސް ސަރުކާރު އުފައްދަމުން ގެންދަނީ ގާނޫނުއަސާސީގައި […]
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު: ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މާާދަމާ 15:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް ކަމަށެވެ. “މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް […]
ރިޔާސީ އިންތިޚާބު: އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މީގެއިތުރުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ފުރަތަމަ ބުރުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެކްރެޑިޓް ކުރެވި ފާސް ދޫކުރެވިފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ފާސް ދޫކުރެވިފައިވާ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކަށް ފާސް ބޭނުންވާ ނަމަ އަލުން ފޯމް […]