ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސް ނަޝީދު ރައީސް ޔާމީނާ ބައްދަލުކުރައްވަނީ 

Loading

Facebook
Twitter
WhatsApp

މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްްވުމަށްް 

މާދަމާ އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މާފުށްޓަށް ވަޑައިގަންނަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

“ދޮންމަނިކު ސްކައި ވިއު“ ރެސްޓޯރެންޓްގައި މިއަދު ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ވޯޓުލަމުންދަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށާއި އެހެން ނަމަވެސް ސަރުކާރު އުފައްދަމުން ގެންދަނީ ގާނޫނުއަސާސީގައި އޮތް ގޮތަކަށެއް ނޫން ކަމަށެވެ. 

އެގޮތުން ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރު އަޣުލަބިއްޔަތެއް ނުލިބުމުން ދެން ބަލަނީ ކޯލިޝަން ހެދުމަށް ކަމަށާއި އެއީ މިދިޔަ އެހެން އިންތިޚާބުތަކުގައި ވެސް އެކަން ހިނގާފަައިވާ ގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ ކޯލިޝަން ހެދުމަކީ ގާނޫނު އަސާސީއާ ބީރައްޓެހި ކަމެއް ކަމަށެވެ.

“އެ އިއްތިހާދު ރޫޅުނީމާ ވާގޮތްތަކާއި އަދި އެއާ އެއްގޮތަށް އަމަލުނުކުރީމާ ވާނެ އެއްވެސް ގޮތެއް އެއްވެސް ތަނެއްގައި ބަޔާންވެފައެއް ނޯވޭ. އެހެންކަމުން އިއްތިހާދުވުމަށް ހިންްގާ މަސައްކަތް ހިންގުންް ވަރަށް ވެސް އުނދަގޫ.“

“ޕީޕީއެމްއިން ޑިމޮކްރެޓުން ގާތުގައި ބުނެފައި އޮތީ އަޅުގަނޑުމެން ދައްކާާާާ ވާހަކަތަކަށް އެ ބޭފުޅުން އެއްބަހޭ. އެހެންނަމަވެސް އެއްޗެއްގަައި ސޮއިކުރުމަށް އުޅޭ ގޮތުން އެ ބޭފުޅުން އިއުތިރާޒުކުރޭ. އަޅުގަނޑު ހިތުންް އަޅުގަނޑުމެންގެ މެންބަރުން ހުރިހާ ބޭފުޅުން ވެސް ބޭނުންވެލައްވާާނެ ކޮބައިތޯ ވެވިފައި އޮތް އެއްބަަސްވުމަކީ އެނގެން.“ ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރައްވައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެއީ މި ދަންނަވާހެން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުންް ގޮތެއް ނިންމުން.“

މީގެއިތުރުން ނަޝީދު ވިދާޅުވީ ނިޒާމަށް ބަދަލެއް ގެންނައިރުގައި މިކަމުގައި ރައީސް ޔާމީނާ ވެސް މަޝްވަރާކުރުން ބޭނުންތެރި ކަމަށާއި އެގޮތުން އެމަނިކުފާނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މާދަމާ މާފުށްޓަށް ދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

“ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާއި އަދި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮންނަމަ އެ ވާހަކަ.“

ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެކެވެ. އެއީ 2008 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ބޭނުންވި ގޮތެވެ. ނަމަވެސް އެއީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމު ނޫން ކަމަށް ނަޝީދު އަބަދުވެސް ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގާއިމުކޮށްދެވޭނީ ބަރުލަމާނީ ނިޒާމެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް