ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.  ވޯޓުލުން ފެށީ މިއަދު ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އާ ހަމައަށެވެ. ވޯޓުލުން ބަންދުކުރާނީ އެ ގަޑީގައި ކިއުގައި މީހަކު ނެތް ނަމައެވެ.  މިއަދުގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު ވޯޓުލުމަށްޓަކައި ހެނދުނު 07:00 ނުޖަހަނީސް ވަނީ ކިއު ހަދަން ފަށާފައެވެ. މި ފަހަރުގެ އިންތިޚާބުގައި 08 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެ ކެންޑިޑޭޓުންނަކީ: ކެންޑިޑޭޓް ނަންބަރު 01: އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް […]

އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މ.ހައުސްޕްލާޒާގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މާފަންނު ޝީ ބިލްޑިންގ ކައިރީގައި ހުންނަ ހައުސްޕްލާޒާގޭގައި ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި ހުރި ކުނިތަކެއްގައ އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ވަނީ އަލިފާން ނިއްވާލައިފައެވެ. މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން  ދެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ […]

އަޅުގަނޑުމެންނަކީ މަޝްރޫއުތައް ހުއްޓާލާނެ ބައެއް ނޫން, ހުއްޓިފަ ހުރީމަ ކުރިއަށް ގެންދަން އަންނަ ބައެއް: މުޢިއްޒު

އޭނާގެ ސަރުކާރެއްގައި މި ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނެ ކަމަށާއި ވެެރިކަމަށް ވަޑައިގަންނަވަނީ މަޝްރޫއުތައް ހުއްޓިފައިވާތީ ކުރިއަށް ގެންދަވަން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މުޢިއްޒު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ މި ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ހުއްޓާލާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނަމުންދާތީ އެކަމާ ގުޅިގެންނެވެ. އެގޮތުން މިއަދު ތ.ހިރިލަންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ “އަޅުގަނޑުމެންނަކީ މަޝްރޫއުތައް ހުއްޓާލާނެ ބައެއް ނޫން“ […]

ޕީޕީއެމް ސަރުކާރުގައި ގާނޫނާއި ޚިލާފަށް އެއްވެސް ބޭފުޅަކު ހައްޔަރެއް ނުކުރޭ: ޑރ.މުޢިއްޒު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ގާނޫނުއަސާސީއާ ޚިލާފަށް ސިޔާސީ އެއްވެސް ބޭފުޅަކު ހައްޔަރުކޮށްފައިނުވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ރޭ ބޭއްވި ސަންގު ރިޔާސީ ބަހުސްގައި ވަނީ ޔާމީންގެ ދައުރުގައި ސިޔާސީ ލީޑަރުން ޖަލަށްލުމާ ގުޅޭ ގޮތުން މުޢިއްޒުއާ ސުވާލުކޮށްފައެވެ. މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ބޭފުޅަކު ހައްޔަރުކޮށް ބަންދުކޮށް އަދަބުދެވިފައެއް ނުވާނެ ކަމަށެވެ. އަދި އޭރު […]

އޭދަފުށީގައި ރޯހައުސް އަދި ފްލެޓް އެޅުމުގެ ބިޔަ ހައުސިންގ މަޝްރޫއުއެއް ކުރިއަށް ގެންދާނަން: ޑރ.މުޢިއްޒު

ބ.އޭދަފުށީގައި ރޯހައުސް އަދި ފްލެޓް އެޅުމުގެ ބިޔަ ހައުސިންގ މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެެއެވެ. އޭދަފުށީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އޭދަފުށީގެ ރައްޔިތުންނަށް ބޭނުންވާ ރޯހައުސް އަދި ފްލެޓް އެޅުމުގެ ބިޔަ ހައުސިންގ މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމަށާއި އެ ރަށުގައި   ހަދަންހުރި އިންފްރާސްޓްރަކްޗަރގެ ހުރިހާ މަޝްރޫއުއެއް 5 އަހަރު ތެރޭގައި ނިންމަވައި ދެއްވާނެ ކަމަށެވެ. މުޢިއްޒު ވަނީ […]

ފިރިހެނަކު ރަހީނުކޮށް ފޭރުނު މައްސަލާގައި ސްޓެޕް އައްޔަގެ ބަންދަށް 15 ދުވަސް

މާލޭގެ ގެއެއްގައި ފިރިހެނަކު ރަހީނުކޮށް އަނިޔާކޮށް އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލާގައި ހައްޔަރުކުރި ކުރީގެ މަޝްހޫރު ނެށުންތެރިޔާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހައިފިއެވެ. އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރކުރި މައްސަލައަކާ ގުޅިގެން ސްޓެޕް އައްޔަ ހައްޔަރުކުރީ އަންގާރަ ދުވަހުގައެވެ. އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ނެރުނު […]

މީހަކު ރަހީނުކުރުމަށްފަހު ފޭރުނު މައްސަލައެއްގައި ސްޓެޕް އައްޔަ ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކުރުމަށްފަހު އަނިޔާކޮށް ފޭރުނު މައްސަލައެއްގައި ކުރީގެ މަޝްހޫރު ނެށުންތެރިޔާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރކުރި މައްސަލައެއް މި މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. މައުލޫމާތު ލިބޭ […]

ޑރ.މުޢިއްޒު އިމާމުވެ ނަމާދު ކުރެއްވުމާއި އިލްމުވެރިންގެ ބަސް

ގިނަ ބައެެއްގެ ސަމާލުކަން މިއަދު ހުއްޓުނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އިމާމުވެ ނަމާދު ކުރައްވާން ހުންނެވި ފޮޓޯއަކަށެވެ. ސޯޝަލްމީޑިއާގައި މި ފޮޓޯ އާންމުވުމާއެކު ބައެއް ފަރާތްތަކުން ވަނީ މިކަމަށް ފާޑު ކިޔައިފައެވެ. ހަމައެއާއެކު ރާއްޖޭގެ މަޝްހޫރު ބައެއް އިލްމުވެރިން ވަނީ އެކަމާ ގުޅިގެން އިލްމީ ނަޒަރަކުން ވާހަކަދައްކަވައިފައެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިއީ މުޢިއްޒުގެ ދެއްކުންތެރިކަމެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާތީ ގިނަ މީހުންގެ ލޯބި ހޯއްދަވަން ކުރެއްވި އަމަލެއް ކަމުގައެވެ. ނަމަވެސް […]

ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސަޢުދުﷲ ޕީޕީއެމްއާ ގުޅިވަޑައިގެންފި

ގދ.ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސަޢުދުﷲ ހިލްމީއާއި ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ. ސަޢުދުﷲ ޕީޕީއެމްއާ ގުޅިވަޑައިގަތީ މިރޭ ތިނަދޫގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޖަލްސާގައެވެ. މީގެއިތުރުން ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް ޢަލީ އަމްޖަދާއި ނައިބު ރައީސް އިބްރާހިމް ރިޔާޟް ވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. މިރޭގެ ޖަލްސާގައި އެ ތިން ބޭފުޅުންގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ޑރ.މުޢިއްޒުއާއި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމެވެ. ޑރ.މުޢިއްޒަށް […]

ޢުމަރު ނަޞީރަށް މަރުގެ އިންޒާރުދީފި

އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރު ނަޞީރަށް ބަޔަކު މަރުގެ އިންޒާރުދީފިއެވެ. ޢުމަރަށް މަރުގެ އިންޒާރުދީފައިވަނީ ސޯޝަލް މީޑިއާގައެވެ. އެ އިންޒާރުތަކުގެ ސްކްރީންޝޮޓްތައް ހިއްސާކުރައްވައި ޢުމަރު ވިދާޅުވީ ތަފާތު މަރުގެ އިންޒާރު ލިބެމުން ދާތީ މިކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ޢުމަރަށް މަރުގެ އިންޒާރު ދީފައިވާއިރު ދާދިފަހުން އޭނާ ކެމްޕޭންގައި އުޅުއްވަނިކޮށް މީހަކު ވަނީ ދަނގަޑުބުރިއަކުން ހަމަލާދީފައެވެ. އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ޢުމަރު ވިދާޅުވި ގޮތުން ޕިކަޕުގައި ހުންނަވަނިކޮށް އޭނާއަށް […]