“މުޢިއްޒު ދަރުބާރު“ ޖަގަހަ ހުޅުވުން މިރޭ

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ “މުޢިއްޒު ދަރުބާރު“ ޖަގަހަ ހުޅުވުން މިރޭ އޮންނާނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. ހއ.އަތޮޅަށް ޚާއްސަކޮށްގެން ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު ހުޅުވާ ”މުޢިއްޒު ދަރުބާރު“ ޖަގަހަ ހުޅުވުން އޮންނާނީ މިރޭ 20:30 ގައެވެ. ޗާންދަނީ މަގު (ޖަލާލުއްދީން މިސްކިތް ކުރިމަތި) ގައި ހުންނަ މި ޖަގަހަ ހުޅުވައިދެއްވާނީ ޑރ.މުޢިއްޒެވެ. މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ރައްޔިތުންނަށް ދައުވަތު ދީފައެވެ.
ޑރ.ޝަހީމާއި ޑރ.އަނާރާގެ ތާއީދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒަށް

އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަނާރާ ނަޢީމް ނިންމަވައިފިއެވެ. މި ދެބޭފުޅުން ޑރ.މުޢިއްޒަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޑރ.ޝަހީމް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އެކުވެރި މުޢިއްޒަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި މިކަމުގެ ތަފުސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މުޢިއްޒަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވައި […]
ޑރ.މުޢިއްޒު ށ.އަތޮޅާއި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަށްޓަވައިިފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭނަށް ށ.އަތޮޅާއި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަށްޓަވައިިފިއެވެ. އައްޑޫ ސިޓީގެ ރަށްތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ޑރ.މުޢިއްޒު ށ.އަތޮޅާއި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަތީ މިއަދު ހެނދުނުގައެވެ. މި ދަތުރުފުޅުގައި ކަނޑިތީމާއި ފޭދުއާއި މިލަންދުއާއި ކޮމަންޑުއާއި ފޯކައިދުއާއި ފުނަދުއަށް މިއަދު ޒިޔާރަތް ކުރައްވާނެއެވެ. އަދި މިރޭ ފުނަދޫގައި ޖަލްސާއެއް ބާއްވަވާނެއެވެ. މާދަމާ ވަޑައިގަންނަވާނީ ކެނދިކުޅުދުއާއި މިލަދުއާއި މަނަދުއާއި ހޮޅުދުއާއި ވެލިދުއަށެވެ. އަދި މާދަމާރޭ ވެލިދޫގައި ވެސް ޖަލްސާއެއް ބާއްވަވާނެއެވެ. އެއަށްފަހު […]
އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރު ސިރާޖުގެ ތާއީދު ޑރ.މުޢިއްޒަށް

އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ހުންނެވި ސިރާޖު މިއަދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. “އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ މިއަދުން ފެށިގެން އެމްޑީޕީން އަޅުގަނޑު ވަކިވެއްޖައިން.“ މިއަދު ހެނދުނު ސިރާޖު ކުރެއްވި ޓުވީޓެއްގައިވެއެވެ. އެއަށްފަހު ޑރ.މުޢިއްޒުއާއެކު ހުންނެވި ފޮޓޯއެއް ހިއްސާ ކުރައްވަމުން […]
ދީނީ ޢިލްމުވެރިޔާ ޝައިޚް އުޘްމާން ޢަބްދުﷲ އަވަހާރަވެއްޖެ

ރާއްޖޭގައި ދީނުގެ އިލްމު ފެތުރެއްވުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ދީނީ އިލްމުވެރިޔާ ޝައިޚް އުޘްމާން ޢަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ. ޝައިޚް އުޘްމާން އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ރާއްޖޭގައި ދީނީ ތަޢުލީމު ފެތުރުއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޝައިޚް އުޘްމާނަކީ ޒަކާތާބެހޭ އޮފީހުގެ އިތުރުން ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ޝައިޚް އުޘްމާން […]
މާލޭގައި ބަނގުރާ ކައްކައި ވިޔަފާރިކުރަމުންދިޔަ އިިންޑިޔާގެ ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ބަނގުރާ ކައްކައި އެތަކެތީގެ ވިޔަފާރިކުރަމުންދިޔަ އިިންޑިޔާގެ ތިން ފިރިހެނަކު ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރީ 26 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 48 އަހަރުގެ މީހެކެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ދީފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހުން ދިރިއުޅޭ ގޭގެ ގްރައުންޑް ފްލޯގެ ކޮޓަރިއަކުންނާއި ގްރައުންޑް ފްލޯގެ ގޯޅިގަނޑުގައި ހުންނަ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ. […]
ޑރ.މުޢިއްޒުގެ މެނިފެސްޓޯ މާދަމާރޭ ލޯންޗުކުރަނީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ މާދަމާރޭ ލޯންޗުކުރަން ނިންމައިފިއެވެ. މުޢިއްޒުގެ މެނިފެސްޓޯ ލޯންޗުކުރުން އޮންނާނީ ހުޅުމާލޭގައި މާދަމާރޭ ބާއްވާ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެއް ނަންބަރު ބަސް ސްޓޮޕް ކުރިމަތީގައި އޮންނަ ހުސްބިމުގައެވެ. މުޢިއްޒުގެ މެނިފެސްޓޯ އާންމުކުރައްވާނީ “ދިވެހިންގެ ރާއްޖެ“ މި ނަމުގައެވެ. މި މެނިފެސްޓޯއަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ތަސައްވުރާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ މެނިފެސްޓޯއެކެވެ.
ބައެއް ކެންޑިޑޭޓުން ވާހަކަ ދައްކާއިރު ހީވަނީ ޚުދުމުޚުތާރު ވެރިކަމެއް ކުރަން ބޭނުންވާހެން: މައުމޫން

ރިޔާސީ އިންތިޚާބުގައި ބައެއް ކެންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ހީވަނީ ޚުދުމުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާހެން ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމްއާރްއެމްގެ ބާނީ ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މައުމޫން ވިދާޅުވީ ބައެއް ކޭންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ނުވަތަ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ ވިދާޅުވާ ކަމަށެވެ. އެފަދަ ވާހަކަތައް ދެއްކެވުމުން ހީވަނީ ޚުދުމުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާހެން ކަމަށް މައުމޫން ވިދާޅުވިއެވެ. […]
އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައި ދިނުމަކީ ގައުމިއްޔަތު ގެއްލުވައިލުން: މުޢިއްޒު

އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައި ދިނުމަކީ ގައުމިއްޔަތު ގެއްލުވައިލަން ކުރާ ކަމެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހއ.އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ އިސްލާމްދީނާއި ދިވެހިބަހަކީ ދިވެހި ގައުމިއްޔަތާ އެންމެ ބޮޑަށް ގުޅިފައިވާ ދެ އަސާސް ކަމަށެވެ. ގައުމުގެ މުސްތަގުބަލާއި މިނިވަންކަން ސަލާމަތްކުރަން ބޭނުންނަމަ އެ ދެ އަސާސް ރައްކާތެރިކުރަންޖެހޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. “މިހާރު މި އިވެނީ ދިވެހިބަހުގެ ބަދަލުގައި އިނގިރޭސިބަހުން އިސްލާމް މާއްދާއާއިި މި ހުރިހާ […]
ޑރ.ޢަލީ ޒާހިރު ޑރ.މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވުން: “އެމަނިކުފާނާ މެދު އިތުބާރު އެބައޮތް“

ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވިކަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މިއަދު ހާމަކުރައްވައިފިއެވެ. ޑރ.ޢަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޢިއްޒުގެ ވެރިކަމުގެ ތަސައްވުރަކީ ކޮބައިކަން ސާފު ކުރައްވާފައިވާނެ ކަމަށާއި މުޢިއްޒާ މެދު އިތުބާރު އެބައޮތް ކަމަށެވެ. އަދި މުޢިއްޒަކީ ހެޔޮވެރިކަމެއް ކޮށްދެވޭނެ އިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް ހުރި ބޭފުޅެއް ކަމަށް ވެސް ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ. […]