ޑރ.ޝަހީމާއި ޑރ.އަނާރާގެ ތާއީދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒަށް

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަނާރާ ނަޢީމް ނިންމަވައިފިއެވެ.

މި ދެބޭފުޅުން ޑރ.މުޢިއްޒަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އެކުވެރި މުޢިއްޒަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި މިކަމުގެ ތަފުސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުޢިއްޒަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވައި ޑރ.އަނާރާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހީންނަށް ފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ޑރ.މުޢިއްޒު ދެއްވާފައިވާ ކަމަށެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ތާއީދު އޮތީ ޑރ.މުޢިއްޒަށެވެ. އެބޭފުޅުންގެ ތެރޭގައި ޑރ.ޢަލީ ޒާހިރާއި ޝައިޚް ޝަފީޢުއާއި ޝައިޚް މުޙައްމަދު ލަޠީފް ވެސް ހިމެނިވަޑައިގަންނަވައެވެ.

Loading

One Response

  1. ހަމަ ގަދަވަނީ. ކޮމާތަ ކުޅިތަކަށް ސަޕޯޓްދޭ އެއުޅޭ 4 ޝޭޚުން. ވެރިކަން ބީވާއިރަށް ފިލަން ރެޑީވަނީހެއްޔެވެ؟

Leave a Reply

ފަހުގެ އަޕްޑޭޓް