އަޅުގަނޑުގެ ސިޔާަސީ ފިކުރަށް ދަނީ ކުރިއެރުން ލިބެމުން: ޤާސިމް

އޭނާގެ ސިޔާސީ ފިކުރަށް ކުރިއެރުން ލިބެމުންދާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް 500 އަށް ވުރެ ގިނަ އާ މެންބަރުން ގުޅުމުން ހުރިހާ މެންބަރުންނަށްގެ ޝުކުރުއަދާ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. “މާލެއާއި އަތޮޅުތަކުން އެކިފަންތީގެ އެކި ފަންނުތަކުގެ އެތަކެއް މެންބަރުން މި ޕާޓީއާއި ގުޅިވަޑައިގަތުން ދޭހަކޮށް ދެނީ މި ޕާޓީއާއި އަޅުގަނޑުގެ ސިޔާަސީ ފިކުރަށް ލިބެމުންދާ ކުރިއެރުން.“ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ. މި ފަހުން ޖޭޕީއާ […]
ޔާމީންގެ ކެންޑިޑެސީ މައްސަލަ: ލިޔުމުން ޖަވާބުދާރީވުމަށް ސްޕްރީމް ކޯޓުން އީސީއަށް އަންގައިފި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލާގައި ޖަވާބުދާރީވުމަށް ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް މިއަދު އަންގައިފިއެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް އިއްޔެ ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ ޝަރުތު ހަމަނުވާ ކަމަށް ބަލައި ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތުމަށެވެ. އެ ނިންމުން ނިންމާފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށެވެ. އެ އަކުރުގައި ބުނެފައިވަނީ […]
ރައީސް ޔާމީނުގެ ކެންޑިޑެންސީ ފޯމު ހުށަހަޅައިފި, ކެންޑިޑެންސީ ބަލައިގަތުމާމެދު މިއަދު ގޮތެެއް ނިންމާނެ

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ފޯމު މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމާ ހަވާލުވެވަޑައިގަތުމަށްފަހު އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ފޯމާމެދު ގޮތް ނިންމަން އީސީއަށް ގާނޫނުން 48 ގަޑިއިރު ލިބުނު ނަމަވެސް 24 ގަޑިއިރުތެރޭގައި ގޮތެއް ނިންމާނެ ކަމަށާއި މިއަދު ހަވީރު 18:00 ގެ ކުރިން ރައީސް ޔާމީންގެ ފޯމާމެދު ގޮތެއް […]
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެއްޖެ

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު ފާޠިމަތު ޙަސަން (ފާތިމާ މަނިކެ) އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 86 އަހަރުގައި ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވީ ރޭގެ ވަގުތެއްގައި ސްރީލަންކާގައެވެ. ފާޠިމަތު ޙަސަން އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްފަހުންނެވެ. ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން އެމަނިކުފާނުގެ މަންމާފުޅުގެ ފަސް ބޭފުޅުން ތިއްބަވައެވެ.
ރައީސް ޔާމީންގެ މައްސަލަ ލަސްކުރަނީ ރައީސް ޞާލިޙް ގަދަކަމުން ދެވަނަ ދައުރެއް ހޯދަން: އަދުރޭ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހައިކޯޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ލަސްކުރަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގަދަކަމުން ދެވަނަ ދައުރެއް ހޯއްދެވުމުގެ ބޭނުމުގައި ކަމަށް އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ މިއަދު ހައިކޯޓަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. “ފެނިގެން މިދަނީ ސަރުކާރުން ރާވައިގެން ގަސްދުގައި ފަނޑިޔާރުން ވެސް […]
ރައީސް ނަޝީދާއެކު ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އައްޑުއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް އައްޑޫ ސިޓީއަށް ފުރާވަޑައިގަންނަވައިފިއެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްގެ ހައިސިއްޔަތުން އިލްޔާސް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކުރިއަށްދާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އިލްޔާސް ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ އިއްޔެ ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވޯޓުލީ 3203 މީހުންގެ ތެރެއިން 3041 މީހުންގެ ވޯޓާއެކުއެވެ. ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ އިލްޔާސް އެކަނި ކަމުން ނެގީ ފެންނަ ނުފެންނަ […]
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި

ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުގެ މެންބަރުން މިއަދު ފާސްކޮށްފިއެވެ. ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ހަތަރު މެންބަރުންނެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެެއްޓެވީ ނައިބު ރައީސް އިސްމާޢީލް ޙަބީބެވެ. އަދި ބާކީ ތިން މެންބަރުންގެ އިއްތިފާގުން ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީއެވެ. ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީ ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ތެރޭގައި ދެއްކެވި ވާހަކަތަކަކާ […]
ކެންޑިޑެންސީ ފޯމުގައި ރައީސް ޔާމީނަށް ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިއްޖެ

އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ފޯމުގައި އެމަނިކުފާނަށް ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސަރވިސްގައި އެދިއްޖެއެވެ. މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ފުރުމުގެ ކަންކަން ކުރަމުން ގެންދާކަމަށާއި ހުށަހަޅާ ތާރީޚު ފަހުން އަންގާނެ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. ޕީޕީއެމްއިން މިހާރު ވަނީ ކެންޑިޑެންސީ ފޯމުގައި ރައީސް ޔާމީނަށް ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުން އެދި ކަރެކްޝަނަށް ސިޓީއެއް ފޮނުވައިފައެވެ. […]
އިދިކޮޅު ކޯލިޝަންގެ ފަސް ބޭފުޅަކު މިއަދު ފުލުހަށް ހާޒިރުވާން އަންގައިިފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ގޮވާލައި ޖުމްހޫރީ މައިދާނުގައި ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިޔަ މައްސަލާގައި އެ ކޯލިޝަންގެ ފަސް ބޭފުޅަކު މިއަދު ފުލުހަށް ހާޒިރުވާން އަންގައިިފިއެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމާ ގުޅޭ ޕެނަލް ޑިސްކަޝަނެއްގައި ޖުމްހޫރީ މައިދާނުގައި ތިއްބަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބޭފުޅުންގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރާއި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި […]
އިންތިޚާބީ ހައްގުތައް ކަށަވަރު ކުރުމަށް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިންތިޚާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. ވ.އާރަށުގެ މައްސަލާގައި ރިޝްވަތު ނެގުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގ ގެ ކުށުގެ ދައުވާ ސާބިތުވުމުން ރައީސް ޔާމީނަށް 11 އަހަރުގެ ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ދެ […]