ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން އަންހެނަކު ފިހިއްޖެ

މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން އަންހެނަކު ފިހިއްޖެއެވެ. މި ހާދިސާ ހިނގިކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:29 ގައެވެ. މ.ދިލީވިލާގައި ހިނގި މި ހާދިސާގައި އަނިޔާވީ3 އަންހެނަކަށެވެ. ގޭސްފުޅި ގޮވުމުގެ ސަބަބުން އޭނާގެ މޫނު ވަނީ ފިހިފައެވެ. އެގޮތުން އައިޖީއެމްއެޗުގައި ދަނީ އޭނާއަށް ފަރުވާދެމުންނެވެ. ގޭސް ފުޅި ގޮވީ ގޭސް ލީކްވަމުން ދަނިކޮށް އުނދުން ރޯކުރުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ޕީޕީއެމްއިން އެދެނީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ނިންމުމަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ އެ ޕާޓީން އެދޭ ގޮތްކަމަށް ޕީޕީއެމްއިން މިއަދު ބުނެފިއެވެ. ޕީޕީއެމްއާއި ވާހަކަ ދައްކައިގެން ހުރިހާ ޕާޓީތަކުބް އެއް ކެންޑިޑޭޓަކު ނެރެން ދަ ޑިމޮކްރެޓްސްއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން މިއަދު ވަނީ މަޝްވަރާކޮށްފައެވެ. ޕީޕީއެމްއިން ބުނީ ރައީސް ޞާލިޙްގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެ ކޯލިޝަނުން މަރުހަބާ ކިޔައި ޝުކުރު ދަންނަވާ ކަމަށެވެ. […]

2024 ގައި ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާނެ: އީސީ

2024 ގައި ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތީން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ 794 ވަނަ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. މިގޮތުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާ ކަމަށާއި އެއީ މާލޭ ސިޓީ […]

ދައުރު ނިމެން މަހަކަށްވުމުން ”ގޯތި ލިސްޓެއް“ އިއުލާނުކުރުމަކީ އިތުރު ދައުރެއް ހޯދަން ރައްޔިތުން ”ބްލެކްމެއިލް“ ކުރުން

ވެރިކަމުގެ ދައުރު ނިމެން މަހަކަށްވުމުން ”ގޯތި ލިސްޓެއް“ އިއުލާނުކުރުމަކީ އިތުރު ދައުރެއް ހޯދަން ރައްޔިތުން ”ބްލެކްމެއިލް“ ކުރުން ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ޑރ.މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ 5000 ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އާންމުކުރީ މިދިޔަ ޖޫންމަހުގެ 26 ވީ ހޯމަދުވަހުއެވެ. ގޯތި ލިބޭ މީހުންގެ ލިސްޓުގައި އިންޑިއާ މީހުން ވެސް ހިމެނެއެވެ. ޢާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި […]

“ހަދީސެއް ކަމަށް ބުނެ ރައީސްގެ ކެމްޕޭން ޖަލްސާގައި އިމްރާން ވިދާޅުވީ ހަދީސެއް ނޫން“

ފޯކައިދޫގައި ބޭއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ހަދީސެއް ކަމަށް ބުނެ ވިދާޅުވީ ހަދީސެއް ނޫން ކަމަށް އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ރިޔާސީ އިންތިޚާބަށް އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި ދެން ނިދުމާއި އަރާމުކުރުމެއް ނެތް ކަމަށެވެ. އިސްލާމީ ތާރީޚުގެ ތެރޭގައި މިކަހަލަ ކަންކަން އައިސް ޖެހުނީމާ އަޒުމް ނެގުމަށްޓަކައި ވަރަށް މުހިންމު މިސާލުތައް އެބަހުރިކަމަށް […]

ރިޔާސީ ކެމްޕޭނަށް ޢުމަރު މާދަމާ ވ.އަތޮޅަށް ވަޑައިގަންނަވަނީ

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ރިޔާސީ ކެމްޕޭނަށް ވ.އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ. ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން ޢުމަރު ރަސްމީކޮށް އިއުލާނު ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުއެވެ. ޢުމަރު ވިދާޅުވީ އޭނާއާއި އޭނާގެ ކެމްޕޭން ޓީމް ޖުލައި މާދަމާ ވ.އަތޮޅުގެ ތިން ރަށަށް ކުރާ ދަތުރެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ. ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ވ.ފެލިދުއާއި ވ.ކެޔޮދޫ އަދި ވ. ފުލިދުއަށް ކަމަށް ޢުމަރު ވިދާޅުވިއެވެ. “މަސްތުވާއެއްޗެތީގެ ސަބަބުން މި ގައުމަށް […]

މި އަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުން މިމަހުގެ 31 ގައި

މާލެ ސިޓީ ކައުންސިލުގެ މި އަހަރުގެ 2 ވަނަ ބައްދަލުވުން މިމަހުގެ 31 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.  މާލެ ސިޓީ ކައުންސިލުން ބުނީ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ބައްދަލުވުން ބޭއްވުމަށް ނިންމެވި ކަމުގައިވިޔަސް ކައުންސިލްގެ މަގުސަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއެކު މުޅި މާލެ ސިޓީ ތަމްސީލވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ […]

އަދީބު ބޭރުގައި ހުންނަ މުއްދަތުގައި މޮނިޓަރ ކުރަމުން ގެންދާނަން: ކަރެކްޝަން

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނަވާ މުއްދަތުގައި އެ ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނިޓަރ ކުރަމުން ގެންދާނެ ކަމުގައި ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ. ކަރެކްޝަން އިން ވަނީ އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފައެވެ. އެކަން ހާމަކޮށް ކުރި ޓުވީޓެއްގައި ކަރެކްޝަނުން ބުނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ […]

“ފަސް އެނބުރި ބެލުމެއް ނެތް, ތަންފުކެއް ވެސް ދޫކުރާކަށް ނެތިން, ބާރަށް ކުރިއަށް“

ފަސް އެނބުރި ބެލުމެއް ނެތް ކަމަށާއި އެންމެ ތަންފުކެއް ވެސް ދޫކުރާކަށް ނެތިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ފައްޔާޟް ވިދާޅުވީ މި ފަށަނީ މުޅިން އާ ދަތުރެއް ކަމަށާއި މިފަހަރުގެ މި ދަތުރުގެ ތަފާތަކީ ކުރިއާ ޚިލާފަށް އެމްޑީޕީ އޮތީ ވަރަށް ގަދަކޮށް ކަމުގައެވެ. “އަޅުގަނޑުމެންގެ އޮޑިއަށް ވަނީ ކޮއްތާއި […]

އަންހެން ފުލުހަކަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަނީ

އަންހެން ފުލުހަކަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ އަންހެން ފުލުހަކަށް ގެވެށިއަނިޔާ ކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށާއި އަދި މިމައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕްރޮފެޝަނަލް ސްޓޭޏްޑަޑްސް ކޮމާންޑުން ތަހުގީގެއް ހިންގަމުންދާ ކަމަށެވެ. “ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ހަގީގަތް އޮޅުވާލަން ތަހުގީގުގެ ތެރެއިން އުޅޭކަމަށް ބަޔާންކޮށް ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ޚަބަރަކީ […]