“ފަސް އެނބުރި ބެލުމެއް ނެތް, ތަންފުކެއް ވެސް ދޫކުރާކަށް ނެތިން, ބާރަށް ކުރިއަށް“

Loading

Facebook
Twitter
WhatsApp

ފަސް އެނބުރި ބެލުމެއް ނެތް ކަމަށާއި އެންމެ ތަންފުކެއް ވެސް ދޫކުރާކަށް ނެތިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ފައްޔާޟް ވިދާޅުވީ މި ފަށަނީ މުޅިން އާ ދަތުރެއް ކަމަށާއި މިފަހަރުގެ މި ދަތުރުގެ ތަފާތަކީ ކުރިއާ ޚިލާފަށް އެމްޑީޕީ އޮތީ ވަރަށް ގަދަކޮށް ކަމުގައެވެ.

“އަޅުގަނޑުމެންގެ އޮޑިއަށް ވަނީ ކޮއްތާއި ތެލާއި ފެނާ އަރުވާ ބަރުކޮށްލާފަ. އަޅުގަނޑުމެންގެ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރުގެ ބާރު ވަރުގަދަ އިންޖީނު އަޅާލައިފައި އަޅުގަނޑުމެންގެ އޮޑީގައި މި ފުރަނީ.“

ފަސް އެނބުރި ބެލުމެއް ނެތް ކަމަށާއި އެންމެ ތަންފުކެއް ވެސް ދޫކުރާކަށް ނެތިން ކަމަށް ވިދާޅުވެ ފައްޔާޟް ވަނީ އަލުން އެ އަނިޔާވެރިކަން އިއާދަކުރާނެ ޖާގައެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

“މި އޮޑިއެއް ނުފެތޭނެ, މި އަޒުމެއް ނުގުޑާނެ, ކުރިޔަށް ކުރިޔަށް ކުރިޔަށް ބާރަށް ކުރިއަށް.“

މީގެއިތުރުން ފައްޔާޟްގެ ވާހަކަފުޅުގައި ވަނީ ދުވަހަކު ވެސް ދިވެހިރާއްޖޭގެ ތާރީޚުގައި ނުދެކޭވަރުގެ ތަރައްގީއާ ކުރިއެރުން މިއަދު ރާއްޖެއަށް ލިބިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ދިވެހިން ބޭނުންވާ ހެޔޮ ވެރިކަމުގެ ނިޒާމެއް ފައްކާކޮށް ދެވިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

Loading

One Response

  1. ފައްޔާޒްމެންވެސް ދިވެހިރާއްޖޭގެ ޢިއްޒަަތްތެރީން ކަމަށް ރައްޔަތުން ގަބޫލުކުރީމާ ދެން ދަރަނިބޯ ގޮވަން ޖެހޭނީ އެންމެހާ ރައްޔަތުންނަށެވެ. ޕޕމ ގެ ބޯރޯ އަދީބު. މޑޕ ގެ ބްރޯ ފައްޔާޒް ކަމުގައި ނަޝީދުވަނީ ވިދާޅުވެފައެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް