ފޯކައިދޫގައި ބޭއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ހަދީސެއް ކަމަށް ބުނެ ވިދާޅުވީ ހަދީސެއް ނޫން ކަމަށް އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
ފޯކައިދޫގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ރިޔާސީ އިންތިޚާބަށް އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި ދެން ނިދުމާއި އަރާމުކުރުމެއް ނެތް ކަމަށެވެ. އިސްލާމީ ތާރީޚުގެ ތެރޭގައި މިކަހަލަ ކަންކަން އައިސް ޖެހުނީމާ އަޒުމް ނެގުމަށްޓަކައި ވަރަށް މުހިންމު މިސާލުތައް އެބަހުރިކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަބީކަމާއިގެން ވަޑައިގެންނެވިއިރު ކަޢުބަތުﷲ ގެފުޅުގެ މަތީގައި 360 ބުދު ބަހައްޓައިގެން އޮރިޔާމާ ޠަވާފުކުރަމުން ދިޔަ ކަމަށާއި އެ ހާލަތް ބަދަލުކުރަން ކުރަން ޖެހޭނެ މަސައްކަތް އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
“އެހެންވެ ފާޅުގައި ދީނަށް ގޮވައިލެއްވުމަށް އަމުރުކުރެއްވީމާ ޚަދީޖާ ރަޟިޔަﷲ އަންހާގެ އަރިހަށް ވަޑައިގެން ގޮވާލައްވައިފަ ވިދާޅުވަނީ, ޔާ ޚަދީޖާ ލަޤަދް އިންތަހަތި އަޙްދިއް ނައުމި ވައްރާޙާ. އޭ ޚަދީޖާއޭ މިއަދަށްފަހު އަރާމުކުރުމާއި ނިދުމުގެ ދުވަސްތައް ތިމަންނަމެންގެ ފަހަތަށް ގޮސް އެނބުރި ހިނގައްޖޭ. ދެން އަރާމެއް ނިންޖެއް ނެތޭ.“
“އާދެ ބޮޑު ކަންތައްޖެހުނީ. (ރިޔާސީ އިންތިޚާބަށް) ބާކީ އޮތީ 60 ދުވަސް.“ އިމްރާން ވިދާޅުވިއެވެ.
ޝައިޚް ނިޝާން ވިދާޅުވީ މިއީ ހަދީސެއް ނޫން ކަމަށާއި ހަދީސެކޭ ބުނެ ކިޔާފައި އެވަނީ ބަޔާންކޮށްފައި ހުރި ފޮތްތަކުގައި ވާ ގޮތާ ޚިލާފަށް ޢަރަބި ބަހުގެ ގަވާއިދާ ވެސް ޚިލާފަށް ކަމަށެވެ.
ހަދީސޭ ބުނެ ނަޤުލު ކުރެވޭ އިބާރާތަކީ ”مضى عهد النوم يا خديجة“ މިއީ ކަމަށާއި މީގައި ރާޙާ ގެ ލަފުޒެއް ނާންނަ ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ. އަދި މި ގެންނަ އިލްމުވެރިން ވެސް ބަޔާން ކުރައްވަނީ އޭގައި އެވަނީ ރޭ އަޅުކަމަށް ހޭލާ ހުރުމުގެ ވާހަކަ ކަމަށް ނިޝާން ވިދާޅުވިއެވެ.
”يا خديجة لقد انتهت عهد النوم والراحة“ (ޔާ ޚަދީޖާ، ލަޤަދް އިންތަހަތި ޢަހްދިއް ނައުމި ވައްރާޙާ) އާ ބެހޭ ގޮތުން ނިޝާން އިތުރަށް ވިދާޅުވީ ބަހުގެ ގޮތުން ”އިންތަހަތި“ އެއް ނުކިޔާނެ ކަމަށާއި ކިޔާނީ “އިންތަހާ“ ކަމަށެވެ. އެއީ ޢަހްދަކީ މުއައްނަޘް ނަމަކަށް އަދި ޖަމްޢުއަކަށް ނުވާތީ ކަަމަށާއި އެތަނަށް ތާ އައިނަމަވެސް އިބިފިއްޔެއް ނުޖެހޭނެ ކަމަށާއި އޮންނާނީ ސުކުނެއް (އިންތަހަތް ޢަހްދު) ކަމަށެވެ.
”ޢަހްދި“ ވެސް ކިޔާފައި އެވަނީ ނުބައިކޮށް ކަމަށާއި ދާލުގައި ޖަހަންޖެހޭނީ އުބުފިއްޔެއް ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ. އަދި މި އިބާރާތުން ކިޔާނަމަ ކިޔަން ޖެހޭނޭ ރަނގަޅު ގޮތަކީ (ޔާ ޚަދީޖާ, ލަޤަދް އިންތަހާ ޢަހްދުއް ނައުމި ވައްރާޙާ / ވައްރާޙަތި) ކަމަށް ނިޝާން ވިދާޅުވިއެވެ.
![]()

2 Responses
Adhaalathey paateega thibi sheykhun nakee raees Iburaahim ah RSAV ge mathikoh dhogu hadheesaa dhogu dhuaa genesdhey baeh.
މިފަދަ މީސްމީހުނަށް ގޮތެއްނުވާކަންދެރަ ރަސޫލާޔާ ބެހޭގޮތުންވެސް ދޮގުބަސްތަށް މިވެރިން އާމުކަމަކަންހަދާފި