ދިވެސް އަކުރުން ލިޔެވޭނެ ފޮންޓެއް ތައާރަފުކޮށްފި

ރާއްޖެ އިސްލާމްވުމުގެ ކުރިން ފެށިގެން އޮނަވިހި ގަރުނުގެ ކުރީކޮޅާ ހަމައަށް ދިވެހިން ލިޔެކިޔުމަށް ބޭނުންކުރަމުން އައި އަކުރުކަމަށްވާ ދިވެސް އަކުރުން ލިޔެވޭނެ ފޮންޓެއް އުފައްދަވައިފިއެވެ. މި ފޮންޓަކީ ހެރިޓޭޖް މިނިސްޓްރީގެ ރިސަރޗް އެނަލިސްޓް މުޙައްމަދު ނާޖިހްގެ އެހީތެރިކަމާއެކު ޢީސާ ޝަރީފް އުފެއްދެވި ފޮންޓެކެވެ. މި ފޮންޓް މައިގަނޑަކަށް ބިނާވެފައިވަނީ އިބްރާހީމް ރަސްގެފާނު (1720-1750) ގެ ދެ ފަތްކޮޅެއްގެ މައްޗަށް ކަމަށް ނާޖިހް ވިދާޅުވިއެވެ. “ޢީސަ ތާނަ އަކުރަށް ފޮންޓްތަކެއް ހައްދަމުން އުޅުއްވިއިރު ތާނައިގެ އިހުގެ ވައްތަރުތަކަށް ފޮންޓް […]

މޭޔަރުގެ ނަމުގައި އަނެއްކާ ވެސް ފޭކް މެސެޖުތައް ފޮނުވަމުންދާތީ ސަމާލުވުމަށް އެދިވަޑައިގެންފި

މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާ ވެސް ފޭކް މެސެޖުތައް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ. މޭޔަރު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމިއްލަ ފޯނު ނަންބަރާއި ވައިބާއާއި ވަޓްސްއެޕާއި އެ ނޫން ވެސް މަންސަތައް މެދުވެރިކޮށް ފޭކް މެސެޖުތައް އެކި ފަރާތްތަކަށް ދަނީ ފޮނުވަމުންނެވެ. އެގޮތުން ހޯމަދުވަހުގެރޭ ޓީވީ ޕްރޮގްރާމެއް ހިނގަމުންދިޔަ ވަގުތު މޭޔަރުގެ ނަމުގައި ނޫސްވެރިއަކަށް ވަނީ ފޭކް މެސެޖުތަކެއް ފޮނުވައިފައެވެ.  “އަޅުގަނޑުގެ ނަންބަރުން ޓީވީއެއްގެ ނޫސްވެރިއަކަށް މެސެޖުތަކެއް ގޮސްފި އެވަގުތު […]

ގޯތި ލިބުނު މީހުންގެ ލިސްޓުގައި މަޖިލީހުގެ 10 މެންބަރަކާއި އަދީބާއި ޑރ.އިޔާޟްގެ އާއިލާ

މާލެއިން ހިލޭ ގޯތި ލިބުނު މީހުންގެ ލިސްޓު މިއަދު އާންމުކޮށްފައިވާއިރު, ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ވެސް ގޯތި ލިބިވަޑައިގެންފައިވާކަމަށް ދައްކައިފިއެވެ. ސަރުކާރުން މިއަދު ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވި ގޮތުން ސަރުކާރުން މިއަދު ގެޒެޓްކުރި 5000 ގޯތީގެ ލިސްޓަކީ އަޕްޑޭޓްކުރަމުންދާނެ […]

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ގިންތިކޮށް 6,000 ރ. އާ ހަމައަށް ބޮޑުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސް 6,000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އިނާޔަތުގެ މިންވަރު މުރާޖައާކުރުމާ ގުޅިގެން އެކަމާބެހޭ މައުލޫމާތު ހާމަކުރެއްވުމަށް ޖެންޑާ މިނިސްޓްރީއާއި އާސަންދަ އަދި އެންސްޕާ ގުޅިގެން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. މީގެކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އައީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނަމަވެސް މީގެފަހުން މަހަކު 3000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. މީގެއިތުރުން އެ މީހެއްގެ ނުކުޅެދުންތެރިކަން ހުރި މިންވަރަށް […]

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްދޭ އެލަވަންސް މުރާޖައާކޮށް އިތުރު އިނާޔަތްތަކެއް ތައާރަފުކުރަނީ

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީގެ މިންވަރު މުރާޖައާކުރައްވައި އިތުރު އިނާޔަތްތަކެއް ތައާރަފު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސް މި ނިންމުން ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު އެ މަޖިލީހުގެ ލަފާފުޅުގެ މަތިންނެވެ. ރައީސް އޮފީހުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއާ ގުޅޭގޮތުން ނިންމެވި ނިންމެވުމާ ގުޅޭ ތަފްސީލުތައް […]

ރިޔާސަތު ބަލަހައްޓަން ނަޝީދު އުޒުރުވެރިވުމުން އީވާގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ކުރިއަށް ނުގެންދެވުނު

ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެކޮޅު ހައްދަވާތީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާ މެންބަރުންނަށް އަންގަވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. މިއަދުގެ ޖަލްސާ ފަށްޓަވަމުން އަމީންއާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާއިރު ރިޔާސަތު […]

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވައިފި

ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ސީޝެލްސްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުންތައް: އެގްރީމެންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އޮން ޝޯޓް ސްޓޭ ވިސާ ވެއިވަރ އެގްރީމެންޓް […]

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ މިދިޔަ މާޗުމަހުގެ 20 ދުވަހުގެރޭ ބޮޑުތަކުރުފާނުމަގު ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި, އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި, ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަަސް މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި […]

ކޮވިޑު މެނޭޖުކުރި ގޮތް އޮޅުންފިލުވަން ގައުމުތަކުގެ ވެރިން އަޅުގަނޑަށް ގުޅުއްވި: ރައީސް ޞާލިޙް

ކޮވިޑުގެ އާލަމީ ވަބާ ތެރޭގައި ރާއްޖެއިން އެޅި ފިޔަވަޅުތައް އޮޅުން ފިލުއްވަން ގައުމުތަކުގެ ވެރިން ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ބިލެތްދޫގައި އަލަށް އިމާރަތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ކުޑަ މަޑުޖެހުމަކަށް އައީ ކޮވިޑުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެކަހަލަ ދަނޑިވަޅެއްގައި ސަރުކާރުން އެ ނަގަންޖެހޭ ޒިންމާއެއް ނަގައި، އެ […]

ޗާގޯސް މައްސަލަ: ނިންމުމަށް އަމަލުކުރުން ލާޒިމް, އިސްތިއުނާފު ނުކުރެވޭނެ

ފޮޓޯ: މިހާރު

ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމަށްޓަކައި މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ނިންމި ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށާއި އެ ނިންމުމަށް އަމަލުކުރުން ލާޒިމުކަމަށް ސަރުކާރުން ބުނެފިއެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު (25/5/2023) ވަނީ ރާއްޖެއާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ  ޑިލިމިޓްކުރުމުގެ މައްސަލައާގުޅޭ މައުލޫމާތު ކަރުދާހެއް އާންމުކޮށްފައެވެ. ކަރުދާހުގައި ބަޔާންކޮށްފައިވާ ޓައިމްލައިން: 18 ޖޫން 2019: މޮރިޝަސްގެ ފަރާތުން […]