ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވާކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ. ޅ.ކުރެންދޫ/ހުދުފަޅު ޢަބްދުއްނާފިޢު އިބްރާހިމް (17އ) ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް އެ ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ […]
ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ސޮއިކޮށްފިން: ނާޒިމް

ޗާގޯސް ކޯލިޝަން މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީއިން ’ނާޒިމް ބުނީ ކީކޭ؟‘ ގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ ކްލަބްހައުސް ލައިވް އިވެންޓުގެ ހަތަރުވަނަ އެޕިސޯޑުގައި ދެއްކެވި ވާހަކައިގައެވެ. ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ކޯލިޝަނުގައި އެމްއެންޕީގެ އިތުރުން ހިމެނެނީ ޕީޕީއެމް/ޕީއެންސީ, ޖޭޕީއާއި ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން” ފެކްޝަނާއި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރާއި […]
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ. މި މަހުގެ 12 އިން ފެށިގެން ދ.ކުޑަހުވަދޫ/ދިލްކަޝްވިލާ ޢަލީ ޢާތިފް ސާފީ (30އ) ގެ ޚަބަރެއް ނުވެ އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އޭނާގެ ފޮޓޯ އާންމުކޮށް ފުލުހުންގެ މީޑިއާގައި ވިދާޅުވެފައިވަނީ ޢަލީ ޢާތިފް ސާފީ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ […]
މާލޭގައި މަރިޖުއާނާ ގަސްތަކެއް ހައްދައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރިޖުއާނާ ގަސްތަކެއް މާލޭގެ ގެއެއްގައި ހައްދައިގެން އުޅުނުކަމަށް ބުނާ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ.ކެނދިކުޅުދުއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އަޙްމަދު ޔާސިހެވެ. މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުކޮށްފައިވާ ޔާސިހުގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ. ޔާސިހު ހައްޔަރުކޮށްފައިވަނީ ގ.ރިމިނީ ގޭގެ ދޮރު ކައިރިން ބިންމަތިން މަރިޖުއާނާ ގަހެއް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިގެން އެ ސަރަހައްދުގައި ފުލުހުން މަޑުކޮށްގެން […]
މާލޭގެ މަގުތައް ބަލަހައްޓަން 78 “މަގުފާރަވެރިން“ ނުކުމެއްޖެ

މާލެ ސިޓީގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް “މަގުފާރަވެރިން“ ގެ ގޮތުގައި 78 މުވައްޒަފުން ނަގައި މަގުތައް ބެލެހެއްޓުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ރޭ އެ މުވައްޒަފުންނާ ހަވާލުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން އަލަށް އުފެއްދި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ ބޭނުމަށް މާލެ 08 ޒޯނަކަށް ވަނީ ބަހާލައިފައެވެ. ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއާއެވެ. ސިޓީ ކައުންސިލުން ހާމަވެރި ގޮތުގައި 78 މަގުފާރަވެރިންގެ ތެރޭގައި […]
އުކުޅަހަށް ބަނގުރާ ބާލައި ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ ފަޅުން ނެރެން އަމުރުކޮށްފި

އއ.އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުކުރެވޭ ސަފާރީ 24 ގަޑިއިރު ތެރޭގައި އެ ރަށު ފަޅުތެރެއިން ނެރެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުން ވިދާޅުވީ އެފަދަ އަމުރެއް ނެރުނީ އެ ރަށު ކައުންސިލުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ސަފާރީ އެ ރަށު ފަޅުތެރެއިން ނެރެން އަމުރު ނެރުނީ ރޭގައެވެ. 24 ގަޑިއިރަށް ނެރުނު އެ އަމުރުގެ މުއްދަތު މިރޭ 22:00 ގައި ހަމަވާނއެވެ. އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް […]
ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ މިއަދު ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ޙަސަން ޖަމީލު (30 އ) ގެ ޚަބަރެއްނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ އޭގެ ދެ ދުވަސް ކުރިން މެއި 7 ވަނަ ދުވަހުއެވެ. އޭނާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް ފުލުހުން އޭނާގެ ފޮޓޯ […]
މެލޭގެ ބަޓިކް އެއަރ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

މެލޭޝިޔާގެ ބަޓިކް އެއަރ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. ބަޓިކް އެއަރ ގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގަ ޖެއްސީ ރޭ 20:30 ގައެވެ. އެ ފްލައިޓް ރާއްޖެ އައުމުން މަރުހަބާ ކިޔާފައިވަނީ ޚާއްސަ ވޯޓަރ ސެލިއުޓަކުންނެވެ. ބަޓިކް އެއަރ ގެ ފުރަތަމަ ފްލައިޓުގައި 57 ފަސިންޖަރުން އައެވެ. އެމްއޭސީއެލްއިން ބުނީ ބަޓިކް އެއަރ އިން ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް ދަތުރުތައް ބާއްވާނެ ކަމަށެވެ. ދަތުރުތައް ކުރާނީ ރާއްޖެއިން ސްރީލަންކާއަށް, އެއަށްފަހު މެލޭޝިޔާއަށާއި އަދި […]
ޒަރީރަށް ހަމަލާދިން މައްސަލަ: 2 މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް މެންބަރު ޒަރީރަށް ހަމަލާދިނީ މި މަހުގެ 01 ވަނަ ދުވަހު ފަތިހުއެވެ. ފުލުހުން ބުނި ގޮތުގައި ޒަރީރަށް ހަމަލާދިނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗަކުންނެވެ. ޒަރީރު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިނީ 5 މީހުންގެ ގުރޫޕަކުންނެވެ. ހަމަލާދިން ފަސް މީހުން ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށް ވެސްޒަރީރު ވަނީ ވިދާޅުވެފައެވެ. ޒަރީރަށް […]
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކޮޗިން އެއާޕޯޓުން ދިވެއްސަކު އަތުލައިގެންފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ. އޭޝިއަން ނިއުސް އިންޓަރނޭޝަނަލް (އޭ.އެން.އައި) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިން އަޅާފައި ހުރި 33 ކެޕްސޫލާއެކު ކޮޗިން އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޔޫސުފް ފުއާދު ކިޔާ އެ މީހާއަކީ އެ ތަކެއްޗާ އެއްކޮށް މާލެއަށް ފުރަން އުޅުނު މީހެއް ކަމަށް ޓުވީޓުގައި ބުނެފައިވެއެވެ. އޭނާ އަތުލައިގަތީ ސެންޓްރަލް އިންޑަސްޓްރީ ސެކިއުރިޓީ ފޯސް (ސީ.އައި.އެސް.އެފް) އިންނެވެ. ފުއާދު އަތުން […]