އުމުރުން 30 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަނީ

އުމުރުން 30 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން މިއަދު ވިދާޅުވީ ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ޙަސަން ޖަމީލު (30އ) ޚަބަރެއްނުވެގެން މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މެއި 7 ވަނަ ދުވަހު ކަމާއި އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ […]

5 ކިލޯ ޑްރަގް ގެނައި ލަލްތުލަންޕަރިގެ ބަންދަށް 30 ދުވަސް ޖަހައިފި

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މިދިޔަ އޭޕްރީލް މަހުގައި ހައްޔަރުކުރި އިންޑިއާގެ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. އޭޕްރީލް 12 ވަނަ ދުވަހު ހައްޔަރުކުރި ލަލްތުލަންޕަރި (56އ) ގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ ބަންދަށް ކުރިން ޖެހި 5 ދުވަސް ހަމަވުމާއެކު ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ. ލަލްތުލަންޕަރިއަށް އިނގިރޭސި އަދި ހިންދީ ބަސް ވެސް ނޭނގޭތީއާއި އޭނާގެ ބަސް ދަންނަ ތަރުޖަމާނަކު ނުލިބޭތީ މައްސަލަ […]

ސޮއި ހަމަވިޔަސް, ރައީސް އަޒުލު ކުރެވިދާނެތަ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަގާމުން އަޒުލުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރެވޭނެ ކަމަށް ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިގެން އެކުލަވާލައްވާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން މިއަދު ބުނެފިއެވެ. ރައީސް ޞާލިޙްގެ ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިވަޑައިގެން އެކުލަވާލައްވާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕަކީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގުރޫޕެކެވެ. އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި […]

ރައީސްގެ ސެކިއުރިޓީ ފެއިލްވުމުގައި ކޮމާންޑިން އޮފިސަރު ޢަބްދުﷲ ގެ އިހުމާލެއް ނެތް: އެމްއެންޑީއެފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސެކިއުރިޓީ ފެއިލްވުމުގައި ޕްރެޒިޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު ކާނަލް ޢަބްދުﷲ އިބްރާހިމްގެ އެއްވެސް އިހުމާލެއް ނެތްކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. ރައީސް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް މިދިޔަ މާޗުމަހުގައި ބަޔަކު ހުރަސްއެޅީ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތަކަށްފަހު ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގެން ޕީޕީއެމްގެ އޮފީސް ހުންނަ ސަރަހައްދުން ވަޑައިގެންނެވި މަގުމަތީގައެވެ.  އެ ހާދިސާ ހިނގިއިރު ކާނަލް ރޭންކުގައި ހުންނެވި ޢަބްދުﷲ އިބްރާހިމަކީ ރައީސްގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އެމްއެންޑީއެފްގެ ޕްރެޒިޑެންޝިއަލް ގާޑްސް […]

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން އައްޔަން ކުރައްވައިފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން އައްޔަން ކުރައްވައި ފަތްކޮޅު އަރުވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ވިދާޅުވީ ސިވިލް ކޯޓުގެ އިސް ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ކޮށްފައިވާ 02 އިއުލާންގެ ދަށުން މި ދެ މަގާމަށް ކުރިމަތިލީ ފަރާތްތަކާ ”ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ“ އިން އިންޓަރވިއުކުރެއްވުމަށްފަހު, ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޅ.ހިންނަވަރު/މާތިލަ އާދަމް މުޙައްމަދު އަދި ސިވިލް ކޯޓުގެ […]

ބްރޯޑްކޮމްގެ މެންބަރުކަމަށް ޞަފާ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުގެ މަގާމަށް ދ.މީދޫ ބިއްލޫރިވިލާ ޞަފާ ޝަފީޤު އައްޔަން ކުރައްވައިފިއެވެ.  ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް ޞަފާ އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޞަފާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައި ބޭފުޅެކެވެ. […]

ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭއިން މިއަދު އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑު ބަލީގައި މިިދިޔަ ހަފުތާގައި އިތުރު މީހަކު ވަނީ ނިޔާވެފައެވެ. ނަމަވެސް އެއީ ކޮން އުމުރެއްގެ މީހެއްކަމެއް އަދި ސާފެއް ނުވެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 314 އަށް އަރައިފައެވެ. އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އިތުރު 91 […]

ޚާރިޖީ ވުޒާރާގެ ޚިދުމަތްތެރިޔާ އާބިދާ އަވަހާރަވެއްޖެ

ޚާރިޖީ ވުޒާރާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މ.އެންދެރިމާގޭ އާބިދާ އަޙްމަދު އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 66 އަހަރުގައި އާބިދާ އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އާބިދާގެ ކަށު ނަމާދާއި ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. އާބިދާ އަވަހާރަވުމާ ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ވަކިވެގެން އެ ދިޔައީ ޚާރިޖީ ޓީމުގެ އެއް ތަނބު ކަމަށެވެ.  އާބިދާގެ ހަނދާންތައް އެ ވުޒާރާގެ މުވައްޒަފުންގެ […]

ގިނަ ބަޔަކުވެގެން އެކި ފަހަރު މަތިން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރަމުންދިޔަ މައްސަލައެއް ފެންމަތިވެ, ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ވިދާޅުވީ އަޕާ ނޯތު ރީޖަން (ހއ.އަތޮޅު, ހދ.އަތޮޅު, ށ.އަތޮޅު) ގައި ހިމެނޭ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމުގައެވެ. ފުލުހުން ބަލަމުން އަންނަނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ގިނަ ބަޔަކުވެގެން އެކި […]

އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއް ޕާޓީން ވަކިވެވަޑައިގެންފި

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރެއްވުމަށް ނިންމަވައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ބޭފުޅުންތަކެއް މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ. އެމްއާރްއެމްއިން އިސްތިއުފާދެއްވި ހުރިހާ ބޭފުޅުންނަކީ ވެސް އެ ޕާޓީއަށް ސަރުކާރުގެ ތެރެއިން ލިބުނު ސްލޮޓްތަކުގައި މަގާމުތަކަށް ވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. އިސްތިއުފާ ދެއްވި ބޭފުޅުންނަކީ: 1- ޕާޓީގެ ނައިބު ރައީސް އަދި މޯލްޑިވް ގޭސްގެ މެނޭޖިން ޑައިރެކްޓަރު ޝަޒައިލް ޝިޔާމް 2- ޕާޓީގެ އެކްސްކޯ މެންބަރު އަދި […]