ބްރޯޑްކޮމްގެ މެންބަރުކަމަށް ޞަފާ އައްޔަން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުގެ މަގާމަށް ދ.މީދޫ ބިއްލޫރިވިލާ ޞަފާ ޝަފީޤު އައްޔަން ކުރައްވައިފިއެވެ. 

ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް ޞަފާ އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޞަފާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައި ބޭފުޅެކެވެ.

ޞަފާއަކީ 2006 ވަނަ އަހަރުން ފެށިގެން ޓީވީއެމްގެ ޕްރޮގްރާމްތައް ހުށަހަޅުއްވަން ފެށްޓެވި ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަގާމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް