ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސައިލަން ސްޕްރީމް ކޯޓުން އަންގައިފި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޚިޔާނާތް ހިންގާފައިވާކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އިތުރު ބަޔަކަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސައިލަން ސްޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި 1,117,000 ޑޮލަރު ނެންގެވި ކަމުގެ ތުހުމަތުގައި ރައީސް ޔާމިންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ […]
ޑްރަގް އެތެރެކުރި އިންޑިއާ އަންހެން މީހާގެ ބަސް ދަންނަ މީހަކު އަދިވެސް ނުލިބޭ

ވައިގެމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ އަންހެން މީހާ ވާހަކަ ދައްކާާ ބަސް ދަންނަ މީހަކު އަދިވެސް ނުލިބޭކަމަށް ފުލުހުން އިއްޔެ ކޯޓުގައި ބުނެފިއެވެ. ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެއައި އިންޑިއާގެ ރައްޔިތެއްކަމަށްވާ ލަލްތުލަންޕަރި (56 އ) ހައްޔަރުކުރީ މިދިޔަ އޭޕްރީލްމަހުގެ 12 ވަނަ ދުވަހުއެވެ. އެއީ އޭނާގެ ލަގެޖުން ޖުމްލަ 5.3 ކިލޯގެ މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ. މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން […]
ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފި

ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ޙުސައިން ހުމާމް އަޙްމަދުގެ މައްސަލަ އޭނާގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އެ ހުކުމުގެ މައްސަލަ ހުމާމުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އޭޕްރީލްމަހުގެ ފަހުކޮޅުގައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހ.ލޮބީ, ޙުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖަނަވަރީގައެވެ. އެ […]
ބަންދުކޮށްފައި ހުއްޓާ ފިލި ޒުވާނާ ފަޅުތެރޭގައި އޮއްވާ އަތުލައިގެންފި

ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ ފިލި ޒުވާނާ މޫދުގައި އޮއްވާ އަތުލައިގެންފިއެވެ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި އއ.ހިމަންދޫ /ދަބުގެ, ޙުސައިން ޝަޙްބާން (25އ) ފިލީ އިއްޔެގެ ވަގުތެއްގައެވެ. ޝަޙްބާން ފިލީ ގޮޅިން ނެރެފައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ފުލުހުން ވިދާޅުވީ މިއަދު 18:35 ހާއިރު އއ.ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން އޭނާ ފެނިފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މިހާރު ހުރީ […]
ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހާގެ ވަނަވަރު އާންމުކޮށްފި

އއ.ރަސްދޫ ޕޮލިސް ސްޓޭޝަންގެ ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހާގެ ވަނަވަރު ހާމަކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުއްޓާ އިއްޔެ ފިލައިގެން ދިޔައީ އއ.ހިމަންދޫ/ދަބުގެ, ޙުސައިން ޝަޙްބާން (25އ) ކަމަށެވެ. “އއ.ހިމަންދޫ/ދަބުގެ, ޙުސައިން ޝަޙްބާން (25އ)، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައިވާތީ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.“ ޝަޙްބާނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ބަންދުކޮށްފައި ހުރީ […]
ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް: ސަލަފް

ޗާގޯސް މައްސަލައިގައި ގައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ގައުމީ މަސްލަހަތެއް ކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބުނެފިއެވެ. ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި އިޓްލޮސްއިން މިދިޔަ ހުކުރު ދުވަހު ނިންމީ ދެ ގައުމުން 200 ނޯޓިކަލް މޭލު ނެގުމުން ފުށުއަރާ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް […]
ވަގު ނޫޓު ގެންގުޅުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި

ކައުންޓަރފީޓް ނޫޓު ނުވަތަ ސައްހަ ނޫން ނޫޓު ގެންގުޅުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ތ.ތިމަރަފުށްޓަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މިހާރު ވިލިމާލޭގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ގޮތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ. އޭނާއަކީ މީގެކުރިން ވެސް ބައެއް މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 96 ވަނަ މާއްދާގައިވާ […]
އިދިކޮޅުގެ ފަހުބަސް އިއްވައިފި: މަސްކަނޑު އަނބުރާ ހޯދަން ކުރެވެން ހުރި ކަމެއް ކުރާނަން

ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި މި ސަރުކާރުން އަމަލުކުރި ގޮތާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ރަސްމީ ބަސް އިއްވައިފިއެވެ. ރާއްޖެއާއި ޗާގޯސްއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ޚާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާ 95,000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މީގެކުރިން އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެއެވެ. މޮރިޝަސްއިން ހުށަހެޅި […]
ބަންގާޅު ކަނޑުގައިވެސް ޗައިނާގެ މިލިޓްރީބާރު ގަދަކުރަނީ

ބަންގާޅު ކަނޑުގައި އަންޒަމާން ކައިރީގައި ވަކިން އޮންނަ ގްރޭޓް ކޮކޯ ޖަޒީރާއަކީ މިޔަންމާރ (ބަރުމާ) ގެ ރަށެކެވެ. އެ ރަށުގައި 1990 އިންފެށިގެން ޗައިނާއިންޖާސޫސީ ޙަަރަކާތްތައް ހިންގަމުން ގެންދާކަމަށް ވަނީ ތުޙުމަތު ކުރެވިފައެވެ. ނަމަވެސް މިހާތަނަށް އެކަން އޮތީ ކަށަވަރު ނުކުރެވިފައެވެ. ނަމަވެސް މިހާރު އަނެއްކާވެސް އެކަންތައް މިވަނީ ފެންމަތިވެފައެވެ. […]
ރައީސް ޞާލިޙަށް ތާއީދުކުރައްވާ އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވަނީ

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމުގެ މައްސަލައިގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވާން މިއަދު ނިންމަވައިފިއެވެ. އެމްއާރްއެމްއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް އަދި ނުނިންމައެވެ. ނަމަވެސް އެ ޕާޓީގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހަޅައި އެމްޑީޕީއާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެމްއާރްއެމްގެ ކައުންސިލުގައި ރައީސް ޞާލިޙަށް ތާއީދުކުރަން ބޭނުންވެވަޑައިނުގަންނަވާ މެންބަރުން އެބަ ތިއްބެވިއެވެ. ރައީސް […]