“ދައުލަތެއް ހިންގުމަށް ދުނިޔޭގެ ތާރީޚުގައިވެސް މިނޫނީ ދައުލަތުގެ ދުޝްމަނުންނާ ހަވާލުކުރެވިފައެއް ނެތް“

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ފިޔަވައި ދައުލަތެއް ހިންގުމަށް ދައުލަތުގެ ދުޝްމަނުން ތިބެފައި ދުނިޔޭގެ ތާރީޚުގައި ވެސް ނެތް ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރައީސް ޞާލިޙްގެ ސަރުކާރުން އަމަލުކުރެއްވި ގޮތާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކާއި ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުންނާއި ގުޅިގެން އިއްޔެ ވަނީ […]
ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުން މާލޭ ސިޓީ ކައުންސިލުގެ ކަންބޮޑުވުން

ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ޒޯނުން 45000 އަކަކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ގެއްލޭ ގޮތަށް އެ ސަރަހައްދުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާނެކަމަށް އެއްބަސްވެ ދިވެހި ސަރުކާރުން އަމަލުކުރެއްވި ގޮތް މާލޭ ސިޓީ ކައުންސިލުން ކުށްވެރިކޮށްފިއެވެ. ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ޚާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާ 95,000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މިދިޔަ ހުކުރު ދުވަހުގެ ކުރިން އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް […]
ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރަން ގޮވައިލި މައްސަލަ ތަހުގީގުކުރުމަށް އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް, ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އަތްޕުޅު ކެނޑުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ގޮވައިލެއްވި މައްސަލަ ތަހުގީގު ކުރުމަށް އެ ކޯލިޝަނުން މިރޭ ގޮވާލައިފިއެވެ. ރައީސް ޔާމީންގެ އަތް ކެނޑުމަށްފަހު އިތުރު 100 އަހަރަށް ޖަލަށްލާންޖެހޭ ކަމަށް ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. ޝިފާޢުގެ ވާހަކަ ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން […]
ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް ރަސްކަން ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެކަން ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ރަސްގެފާނު ޗާލްސްގެ ކޮރޮނޭޝަން ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް ރަސްކަން ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މިއުވާން އިތުރަށް ވިދާޅުވީ ރައީސްގެ […]
ރިޔާސީ އިންތިޚާބު 2023: ވޯޓުލުމުގެ ހައްގު ލިބެނީ 282,755 މީހުންނަށް

އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވަގުތީ ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ. އީސީން އާންމުކުރި ލިސްޓުގައިވާ ގޮތުން ސެޕްޓެމްބަރު ނުވަވަނަ ދުވަހުގައި ބާއްވަން ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބެނީ 282,755 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,408 ފިރިހެނުންނަށާއި 138,347 އަންހެނުންނެވެ. މިއަހަރުގެ އިންތިޚާބުގައި 282,755 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބޭއިރު, މިއީ 2018 ވަނަ އަހަރު ބޭއްވި […]
އެމްއާރްއެމްގެ ފަރާތުން އެމްޑީޕީއަށް ފަސް ހުށަހެޅުމެއް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން އެމްއާރްއެމްއަށް ދީފައިވާ ދައުވަތާ ގުޅިގެން ބޭއްވި ދެވަނަ ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން ފަަސް ހުށަހެޅުމެއް ހުށަހަޅައިފިއެވެ. ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްއާރްއެމްގެ ފުރަތަމަ ބައްދަލުވުން އޮތީ ރައީސް ޞާލިޙާއެކުއެވެ. ދެވަނަ ބައްދަލުވުން ކުރިއަށްދިޔައީ ރޭ އެމްއާރްއެމްގެ އޮފީހުގައެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި އެ ޕާޓީގެ އިސް ބޭފުޅުންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެމްއާރްއެމްއިން ހުށަހެޅީ ކޯލިޝަނަކަށް ދިއުމުގެ ކުރިން ޔަގީންކުރަން […]
އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. ނިޔާވީ ރ.އަލިފުށީ މުރިނގު ޖަމީލާ މަޙްމޫދެވެ. ޖަމީލާ ނިޔާވީ ކުއްލިއަކަށް ހާލުދެރަވެ މައްކާގެ ހޮސްފިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެރޭ ވެސް ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެފައެވެ. އެ ދުވަހު ނިޔާވީ 83 އަހަރުގެ ފިރިހެނެކެވެ.
ޔާމީންގެ ގޮޅީގައި ކެމެރާ ހަރުކުރުން: ލާއިންސާނީ އަމަލެއް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާ ގޮޅީގައި ކެމެރާ ހަރުކޮށްގެން ބަލަމުންދާކަމަށް ބުނާ މައްސަލައިގައި ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން ނިދިިކުރައްވާ ކޮޓަރިއާއި ވަދެވަޑައިގަންނަވާ ފާހާނާއާއި ހޯލުގައި ކެމެރާ ހަރުކޮށް ފޯނަށް އެޕްލިކޭޝަން އަޅައިގެން ބަލަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކެމެރާގެ މަންޒަރުތައް ވަގުތުން ބެލޭ ގޮތަށް […]
5 ކިލޯ ޑްރަގް އެތެރެކުރި އިންޑިއާ މީހާއަށް އިނގިރޭސި އަދި ހިންދީ ބަސް ވެސް އެނގޭކަމަކަށް ނުވި

ވައިގެމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ އަންހެން މީހާއަށް އިނގިރޭސި އަދި ހިންދީ ބަސް ނޭނގޭ ކަމަށް ބުނާތީ ތަހުގީގު ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެއްޖެއެވެ. މިދިޔަ އޭޕްރީލްމަހުގެ 12 ވަނަ ދުވަހު އިތިއޯޕިއާއިން ރާއްޖެއައި އިންޑިއާގެ 56 އަހަރުގެ އަންހެެނެއްގެ އަތް ދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް އަދި ލަގެޖުން ފެނުނު ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައެވެ. އެ ތަކެތީގެ ބަރުދަނުގައި 5.3 ކިލޯ […]
އެމްޕީ ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ތޫނު އެއްޗަކުން ޒަރީރަށް ހަމަލާދީފައިވަނީ ރޭ ފަތިހު 05:00 ހާއިރު ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށެވެ. ފުލުހުން ވިދާޅުވީ މި ހަމަލާއާ ގުޅިގެން އެމްޕީ ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާ ކަމަށެވެ. ނަމަވެސް ޒަރީރަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރާ ކަމަށާއި […]