ތެލުގެ އަގު ހެޔޮކޮށްފި

ރާއްޖެއަށް ތެޔޮ އެތެރެކުރާ މައި ކުންފުނި, އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 83 ލާރި އަދި ޑީސަލް ލީޓަރަކުން 62 ލާރި އަގުހެޔޮވާނެ ކަމަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 15.97 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކީ 16.32 ރުފިޔާ އަށެވެ.  އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.14 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 15.70 […]

ހަތަރު މީހުންނާއެކު ފުރި ދޯންޏެއް ދިޔަވެ އަޑިއަށްދަނީ

ހަތަރު ދިވެހިންނާއެކު ރޭ މާލެއިން ފުރައިގެން ތ.އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިއަށްދާން ފަށައިފިއެވެ. އެމްއެންޑީއެފްއިން މިއަދު ހެނދުނު ވިދާޅުވީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ.ދިޔަމިގިއްޔަށް ދަތުރުކުރަމުންދިޔަ ”މާކުރީ 7“ ދޯނި ތ.ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވާތީ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާއާބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.

ޗާގޯސް މައްސަލައިގައި ރައީސް ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީ ބާތިލުކުރަން ސްޕްރީމް ކޯޓަށް

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ގަބޫލުކުރައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބާތިލުކޮށްދިނުމަށް އެދި ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފިއެވެ. ރައީސްގެ ސިޓީ ބާތިލުކުރަން ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާއި މުޙައްމަދު މުސްތާގު އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަޙްމަދުމަނިކުގެ ފަރާތުންނެވެ. މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ގަބޫލުކުރައްވައި ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ އޮގަސްޓު […]

ފުލުހުންގެ ލޯތައް ހުޅުވަންވީ ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް: ރައީސް

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ދެއްވައިފިއެވެ.  ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ވެސް ކުރެވޭ އެއްޗެއް ކަމަށާއި އެއް ގައުމެއްގައި ހުރެގެން މާ ދުރުގައި އޮންނަ އެހެން […]

ވަގުތު ނެގިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކުރަންޖެހޭ: ރައީސް

ވަގުތު ނެގިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކުރުމަކީ އަދުލު އިންސަފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ފުލުހުންގެ ތެރޭގައި ވަރަށް ތައުލީމީ އަދި ވަރަށް ތަޖުރިބާކާރު ފުލުހުން މިހާރު ވެސް އެބަ ތިއްބެވި ކަމަށާއި ތަހުގީގުތައް މިހާރު ކުރިއަށް އެ ގެންދަނީޒަމާނީ ޓެކްނޮލޮޖީއާއި އެ ބޭފުޅުންގެ ތައުލީމާއި ތަޖުރިބާގެ އަލީގައި […]

ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ދެ ލޯންޗެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގީ ސަސް ސްޕީޑް ނަމަކަށް ކިޔާ ގަލްފް ކްރާފްޓް ލޯންޗަކާއި އެމްޑަބްލިޔުއެސްސީގެ ލޯންޗެއް ޖެހިގެންނެވެ. ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައިވަނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު ލިބުނީ މިއަދު 16:42 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި 53 އަހަރުގެ މީހަކަށް އަނިޔާވެގެން އޭޑީކޭ  ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް އެ […]

ގަމުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ލ.ގަމުގައި މިއަދު އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ގަމު މުކުރިމަގު އަވަށު ސައީދާމަންޒިލް އުމުރުން 68 އަހަރުގެ އަޙްމަދު މުޙައްމަދެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު މޫދަށް ދިޔަ ގޮތަށް ޚަބަރެއް ނުވުމުން ހޯދަމުން ގޮސް ބެލިއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ގޮނޑުދޮށަށް ލައްވެފައި އޮއްވައި ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ. މަރުވެފައި އޮއްވާ ފެނުނީ މިއަދު 13:00 ހާއިރުއެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު […]

ސިފައިންގެއަށް 34 އަހަރު ޚިދުމަތް ކުރެއްވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެ

އެމްއެންޑީއެފަށް 34 އަހަރު ޚިދުމަތް ކުރައްވާފައިވާ މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި އިސްކޮށް މަސައްކަތް ކުރެއްވި މޭޖަރ ޢަލީ ސަލީމް ނިޔާވީ ސިއްހީ ހާލަތު ގޯސްވެގެން މިއަދު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. މޭޖަރ ޢަލީ ސަލީމަކީ ސިފައިންގެ ޔުނިޓެއްގެ ގޮތުގައި 1990ވަނަ އަހަރުގެ މޭމަހުގެ 01 ވަނަ ދުވަހު ”އެންއެސްއެސް ފަޔަރ ސަރވިސް“ އުފެއްދެވިއިރު ތިއްބެވި ފަސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.  ސަލީމް ނިޔާވިއިރު ވެސް މަސައްކަތް […]

ގަވާއިދާ ޚިލާފަށް ވެލި ބޭރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ގދ.ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ގަވާއިދާ ޚިލާފަށް ވެލި ބޭރުކުރާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލައްވައި ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ. މި ކުއްލި މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފެވެ. ޙުސައިން ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓް ތަރައްގީކުރުމަށް ކަނޑުގެ ވަރަށް ދުރު ސަރަހައްދަކުން ނަގާފައިވާ ވެލި, އެ ޕްރޮޖެކްޓަށް ބޭނުންކުރުމަށްފަހު ބާކީވާ ވެލިން 45,000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކުގެ […]

ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޯލްޑިވްސް ތ ސަރވިސްއިން ރީނދޫ ސަމާލު ނެރެފިއެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން މ.އަތޮޅުގެ ސަރަހައްދުތަކަށެވެ. އެއީ ދަންވަރު 01:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބާރަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުން ދެކުނުގެ އެކި ހިސާބަށް ވެސް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމު ގޮތެއްގައި އެ […]