ގަމުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ލ.ގަމުގައި މިއަދު އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ ގަމު މުކުރިމަގު އަވަށު ސައީދާމަންޒިލް އުމުރުން 68 އަހަރުގެ އަޙްމަދު މުޙައްމަދެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު މޫދަށް ދިޔަ ގޮތަށް ޚަބަރެއް ނުވުމުން ހޯދަމުން ގޮސް ބެލިއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ގޮނޑުދޮށަށް ލައްވެފައި އޮއްވައި ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ.

މަރުވެފައި އޮއްވާ ފެނުނީ މިއަދު 13:00 ހާއިރުއެވެ.

އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ ޢިޝާ ނަމާދަށްފަހު މުކުރިމަގު މަސްޖިދުއްޒިކުރާގައި ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް