ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ދެ ލޯންޗެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ ސަސް ސްޕީޑް ނަމަކަށް ކިޔާ ގަލްފް ކްރާފްޓް ލޯންޗަކާއި އެމްޑަބްލިޔުއެސްސީގެ ލޯންޗެއް ޖެހިގެންނެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައިވަނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު ލިބުނީ މިއަދު 16:42 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި 53 އަހަރުގެ މީހަކަށް އަނިޔާވެގެން އޭޑީކޭ  ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް