ހޫނު ގަދަވުމުން މާލޭގައި މިއަދު ހަކަތަ ބޭނުންކުރި މިންވަރު ރެކޯޑް އަދަދަކަށް މައްޗަށް

މާލެ ސަރަހައްދުގައި މިއަދު ހަކަތަ ބޭނުންކުރި މިންވަރު ރެކޯޑް އަދަދަކަށް މަތިވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާއިރު, މީގެކުރިއާ އަޅާބަލާއިރު މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސްޓެލްކޯއިން މިއަދު ބުނީ މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން މިވަނީ ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށެވެ. […]

ޕީޕީއެމް/ޕީއެންސީގެ ޕްލޭނަކީ “އޭ ޓު ޒެޑަށް“ ވެސް ރައީސް ޔާމީން: އަދުރޭ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ޕްލޭނަކީ އޭ ޓު ޒެޑަށް ވެސް އެމަނިކުފާނު ކަމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް ރައީސް ޔާމީނުގެ މައްސަލައަކީ ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިގެން ކުރިއަށްގެންދާ މައްސަލައެއް […]

މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކޮށް ޑީލްހަދާފައިވާ މައްސަލަ ތަހުގީގުކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް

ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލޭފަދަގޮތަކަށް ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ރައްޔިތުންނަށް ހާމަކުރުމަށާއި، ރާއްޖެއިން ބައެއް ވިއްކާލުމަށް ޑީލްހަދާފައިވާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ. ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ދިވެހިރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ކޮޑި އިންޗިއެއްގެ މިންވަރުވިޔަސް އެއްވެސް ބަޔަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ ދިވެހިން ނިހާޔަތަށް ދެކޮޅުހަދާ […]

ޒަމާނީ މާރުކޭޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވަނީ

ޒަމާނީ މާރުކޭޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރު ވިދާޅުވީ މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓް ސަރަހައްދުގައި ޒަމާނީ މާރުކޭޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފައިވާ ކަމަށެވެ. މިއީ މާރުކޭޓު ސަރަހައްދަށް ވެސް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށާއި މި ޕްރޮޖެކްޓް ނިމިގެންދާއިރު ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު އެއް އިމާރާތަކަށް […]

ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޝާޒް މެންބަރުކަމުގެ ހުވާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ. ޝާޒް މެންބަރުކަމުގެ ހުވާކުރެއްވުން އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކުރިމަތިފުޅުގައި ޝާޒްއަށް މެންބަރުކަމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢައިޝާ ޝުޖޫންއެވެ. ޝާޒް މެންބަރުކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި މަޖިލީހުގެ  ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ އިންތިޚާބު ބޭއްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މި […]

ފިލައިގެން އުޅުމަށްފަހު އަމިއްލަައަށް ފުލުހުންނާ ހަވާލުވި ފައިޙްއަށް ދައުވާކުރަން ފޮނުވައިފި

މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ފުލުހުންނަށް ފިލައިގެން އުޅުމަށްފަހު އަމިއްލަައަށް ފުލުހުންނާ ހަވާލުވި އިބްރާހީމް ފައިޙް ނިޡާމަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވައިފިއެވެ. ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އައި ސ.މަރަދޫފޭދޫ, ރަށްދެބައިގޭ އިބްރާހީމް ފައިޙް ނިޡާމް އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ފުލުހުންނާ ހަވާލުވީ މިދިޔަ މާޗު 21 ވަނަ ދުވަހުގެރޭގައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ […]

ހޫނުމިން 40 ޑިގްރީއަށް އިހުސާސް ކުރެވޭނެ, ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ: މެޓް

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ހޫނުގަދަ ދުވަސްވަރަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް (މެޓް) އިން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ބުނީ އޭޕްރީލް މަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުވާ މަސް ކަމަށާއި  ކޮންމެ ދުވަހަކު ވެސް އެންމެ ހޫނުގަދަވާނީ މެންދުރުފަހު 14:00 ގައެވެ. މެޓް އޮފީހުން ހާމަކުރި ގޮތުގައި: ހދ.ހަނިމާދޫގެ މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.7 ޑިގްރީ ސެލްސިއަސް. މިދިޔަ 29 […]

ޒަކާތުގެ ގޮތުގައި ލިބުނު 9 މިލިއަން ރުފިޔާ ފަގީރުންނަށް ބަހައިފިން: މިނިސްޓްރީ

މި އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި 09 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އެ ފައިސާ ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓްރީން ވިދާޅުވީ 1444ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ދައްކާފައިވަނީ 175485 މީހުން ކަމުގައެވެ. އެ ގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 9,003,324.05 ލިބުނު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. “ފަގީރުންގެ ލިސްޓްގައި […]

ފްލެޓް ލިބުނުކަމަށް ބުނެ އާންމުކޮށްފައިވަނީ ސައްހަ ނޫން ލިސްޓެއް: އާބަންކޯ

އާބަންކޯއިން މުވައްޒަފުންނަށް ދޫކުރާ ފުލެޓުތަކުގެ ތެރެއިން 34 ފްލެޓެއް އެ ކުންފުނީގެ ވެރިންނަށް ދޭން ނިންމާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ލިސްޓަކީ ސައްހަ ލިސްޓެއް ނޫނ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރަތްކޮށްފައިވާ މިކްސް ރެޒިޑެންޝަލް ޔުނިޓުތަކުން ބައެއް ފްލެޓް އާބަންކޯގެ މުވައްޒަފުންނަށް ވިއްކަން ހުޅުވައިލާ ކަމަށް ބުނާ މެމޯއަކާއި އެ ކުންފުނީގެ ބޯޑު މެންބަރުންނާއި, ޑިރެކްޓަރުންނާއި, މެނޭޖަރުންތަކެއް ހިމެނޭ ލިސްޓެއް މީގެ ދެ ދުވަސް ކުރިން ފެށިގެން މީސްމީޑިއާގައި އަންނަނީ […]

އެންސްޕާގެ ކައުންޓަރު ގެސްޓުހައުސްއެއްގައި: “13 ދުވަހުން 170 މިލިއަން ރުފިޔާ ތަޅާލައިފި“

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނުގައި އާސަންދައިގެ ނަމުގައި ސަރުކާރުން 170 ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 33 ވަނަ ޖަލްސާގައި ސަޢީދު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން މަސް ހިނގައިދިޔައިރު އާސަންދައިގެ %60 ހުސްކޮށްލައިފި ކަމަށެވެ. އަދި ހަމައެއާއެކު ގުރައިދޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭނުގައި ސަރުކާރުން އެންސްޕާގެ ކައުންޓަރެއް […]