ހަނދު ފެނިއްޖެ, މާދަމާ ޢީދު

މާދަމާއަކީ މި އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ސަޢޫދީ ޢަރަބިޔާއިން ކަނޑައަޅައިފިއެވެ. ސަޢޫދީގެ ތުމައިރު އެންޑް ސުދައިރު އޮބްސަވޭޓަރީގެ ސައިޓިން ކޮމިޓީން ވަނީ އެ ގައުމަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަހަކީ 29 ދުވަހުގެ މަހެއް ކަމަށާއި މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަހުގެ ގޮތުގައި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑައަޅައިފައެވެ. ސަޢޫދީގެ އިތުރުން މިޞްރުން ވެސް ވަނީ މާދަމާއަކީ އެ ގައުމަށް މިއަހަރުގެ […]
“ފޯޅަވަހި ވިއްކައިލީ ޝާހިދު އިސްވެ ހުރެ, 500 މިލިއަން ޑޮލަރުގެ ޑީލެއް ހަދައިގެން“

ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ސްޓޭންޑް ސަރުކާރުން ބަދަލުކުރެއްވީ 500 މިލިއަން ޑޮލަރުގެ ޑީލެއް ހައްދަވައިގެން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ތުހުމަތު ކުރައްވައިފިއެވެ. ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި މިދިޔަ އޮކްޓޫބަރުމަހުގެ 20 ވަނަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި އެޓާރނީ ޖެނެރަލް އިބްރާހިމް […]
ބޯފެނަށް އެދި ހޯނޑެއްދޫ ރައްޔިތުން ސަރުކާރުގައި އާދޭސްކުރާތާ 01 މަސް

ބޯފެނަށް އެދި ހޯނޑެއްދޫ ރައްޔިތުން ފެނަކަ ކޯޕަރޭޝަންގައި އާދޭސް ކުރާތާ މަހެއްވެއްޖެ ކަމަށް އެ ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާން މިއަދު ވިދާޅުވެއްޖެއެވެ. ހޯނޑެއްދުއަށް ވާރޭނުވެހި ގިނަދުވަސްވުމާ ގުޅިގެން އެ ރަށުގައި ބަހައްޓާފައި ހުރި އާންމު ތާނގީތަކުންނާއި ބައެއް ގެތަކުން ވާރޭފެން ވަނީ ހުސްވެފައެވެ. އަދި މިހާރު ވާރޭފެން ހުސްވެފައިވާ ގެތަކުގެ ރައްޔިތުން ވާރޭފެން ހުރި ގެތަކުން ފެން ނަގަމުންދާތީ އެގެތަކުގައި ރައްކާ ކުރެވިފައިވާ ވާރޭފެން ހުސްވުމާ ގާތަށް ގޮސްފައިވާކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ. […]
ފުރަމޭގެ ފަރުވާއަށް ބޭނުންކުރާ ބޭހެއްގެ ނަކަލެއް އުފައްދައިގެން ބޭނުންކުރާތީ ސަމާލުވާން އެދިއްޖެ

ފުރަމޭގެ ފަރުވާއަށް ބޭނުންކުރާ ބޭހެއްގެ ނަކަލެއް އުފައްދައިގެން ބޭނުންކުރާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އެދިލައްވައިފިއެވެ. އެމް.އެފް.ޑީ.އޭއިން ހާމަކުރެއްވި ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއި ކިރިގިސްތާނުން ފެނިފައިވަނީ (Defibrotide Sodium) Defitelio ނަމަކަށް ކިޔާ ބޭހެއްގެ ނަކަލެކެވެ. އެ އޮތޯރިޓީން ވިދާޅުވީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ތެރޭގައި މި ބޭސް ނުހިމެނޭ ކަމުގައެވެ. ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުން ނުވަތަ […]
ފިކުރެއްގެ ދިރުމުގެ 4 މެންބަރަކު މުގައްރިރުކަމުން ވަކިކޮށް ފިޔަވަޅު އަޅައިދޭން އެދެން ފާސްކޮށްފި

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނުގެ 04 މެންބަރަކު މަޖިލީހުގެ 04 ކޮމިޓީއެއްގެ މުގައްރިރުކަމުން ވަކިކޮށް, އެމްޑީޕީން ވެސް އެ ބޭފުޅުންނަށް ފިޔަވަޅު އަޅައިދިނުމަަށް އެދެން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކޮށްފިއެވެ. އެ 04 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި މާފަންނު އުތުރު ދާއިރާގެ މެންބަރު […]
ރާއްޖޭގައި ހުރި އިންޑިއާ މީހަކު މެލޭރިއާއަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމަށްވާ މެލޭރިއާއަށް ރާއްޖޭގައި ހުރި އިންޑިއާ މީހަކު ޕޮޒިޓިވްވެއްޖެއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މެލޭރިއާ މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނުނު ކަމުގައި ވިޔަސް ބަލި ފެތުރުމުގެ ބިރެއް ނެތް ކަމަށެވެ. މިނިސްޓްރީން ވިދާޅުވީ ބަލިޖެހިފައިވާ މީހާއަށް ފަރުވާދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މެލޭރިއާގެ ކޭސްއެއް ބިދޭސީއެއްގެ ގައިން ފެނުނީ އަލަށް ނޫން ކަމަށާއި މަދުން ނަމަވެސް ބޭރުން އަންނަ މީހުންގެ ގައިން މި ބަލީގެ ކޭސްތައް ފެންނަ ކަމަށް މިނިސްޓްރީން […]
މޮރިޝަސް-ރާއްޖެ ކަނޑުގެ މައްސަލައިގެ ނިންމުން އަންނަ ހަފުތާގައި

ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 28 ވަނަ ދުވަހު ނިންމަން ހަމަޖައްސައިފިއެވެ. މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލައެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލީ މިދިޔަ އަހަރުއެވެ. އިޓްލޮސްއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި އެ ޓްރައިބިއުނަލްގެ ނިންމުން މި މަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވާނެއެވެ. އަދި އެ […]
ޒުވާން ފިރިހެންކުއްޖެއް ކައިރީގައި މަގޭ ދޫ ބޯލާށޭ ބުނުމަކީ ފާފައެއް ނޫންކަމަށް

މީގެ ކުޑަދުވަސްކޮޅެއް ކުރިން ޓިބެޓުގެ ދީނީ ލީޑަރ ދަލާއިލާމާގެ ދޫ ބޯލަން ކުޑަފިރިހެން ކުއްޖަކު ކައިރީ ބުނުން ދިފާއުކޮށް ޓިބެޓް ސަރުކާރު އިން އެގްޒައިލްގެ ވެރިޔާ ޕެންޕާ ސެރިންގް މިދިޔަ ބުރާސްފަތި ދުވަހު ނިއުދިއްލީ ގައި އޮތް އިޙްތިފާލެއްގައި ވާހަކަ ދައްކައިފިކަމަށް ޚަބަރުދީފިއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ބުދު ދީނުގެ އެންމެއިސް މޮންކް ފިރިހެން ކުއްޖަކަށް ދޮނެއްދީ އޭނާގެ ދޫ ބޯލަ ދިނުމަށް ބުނި ބުނުން މީޑިއާއިން ގެންދަނީ ނުބައިމާނައެއްގައި ތަރުޖަމާ ކުރަމުންނެވެ. އޭނާގެ ވާހަކާގައި އިތުރަށް ހާމަކޮށް ދީފައިވަނީ ހިޒް ހޮލިނަސް ( ދަލާއިލާމާ ) ގެ މުޅި އުމުރު […]
ސަރުކާރުން ފޯރުވި ނުފޫޒާއެކު ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ. މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ އިތުރުން ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ޙުސައިން ރިޟާއާއި އެމްއެންޕީގެ ފަރާތުން ޢަލީ އަރީފެވެ. ވޯޓުލުން ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ހެނދުނު 08:00 އިން ހަވީރު 16:00 ގެ ނިޔަލަށް ކަމަށްވިޔަސް, މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން […]
ވެލާނާ އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. “ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަލިފާން ރޯވީ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއު ހިންގާ ޗައިނާގެ ކުންފުނި ކަމަށްވީ ބީޔޫސީޖީގައި ބޭނުންކުރާ ތާރު އަޅާ ވެހިކަލެއްގައެވެ. އެ ވެހިކަލް އޮތީ އެއާޕޯޓުގެ އައު ރަންވޭގެ އެއް ފަޅީގައި ހުންނަ ސައިޓެކެވެ. ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.