ރާއްޖެއަށް 5 ކިލޯގެ ޑްރަގް އެތެެރެކުރަން އުޅުނު އިންޑިއާ އަންހެނަކު އަތުލައިގެންފި

ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމަސްއިން މިއަދު ބުނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތީ މި މަހުގެ 12 ވަނަ ދުވަހު އިތިއޯޕިއާއިން ރާއްޖެއައި އިންޑިއާގެ 56 އަހަރުގެ އަންހެނަކު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ކަސްޓަމްސްއިން ބުނީ އޭނާގެ އަތް ދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް އަދި ލަޖެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ […]
މާލީ ބައްދަލުވުމަކަށް ނަޝީދު އެމެރިކާގެ ވޮޝިންގޓަނަށް

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމެރިކާގެ ވޮޝިންގޓަނަށް ފުރާވަޑައިގެންފިއެވެ. މި މަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބްލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބްލް 20 (ވީ 20) ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަލްނަރަބަލް 20 ގްރޫޕްގެ ރިޔާސަތު […]
އަދީބަކީ އުމުރަށް ޖަލުގައި ހުންނަންޖެހޭ މީހެއް: މުޢިއްޒު

ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތުގެ މައި މުގޫކަމަށްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަކީ އުމުރަށް ޖަލުގައި ހުންނަންޖެހޭ މީހެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުޢިއްޒު ކުރެއްވި ޓުވީޓެއްގައި މުޢިއްޒު ވިދާޅުވީ އަދީބަކީ ބޮޑު މުޖުރިމެއް ކަމަށާއި ދައުލަތަށް އެތައް ފައިސާއެއް ދައްކަން ޖެހިފައިވާ މީހެއް ކަމަށެވެ. “ބޮޑު މުޖުރިމެއް. އުމުރަށް ޖަލުގަ ހުންނަންޖެހޭ މީހެއް. ޚިޔާނާތްތެރިވި ފައިސާ ދައުލަތަށް ދައްކަންޖެހޭ މީހެއް.“ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި […]
ކޮވިޑާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެ ފިޔަވަޅުތައް އަޅަން އަންގައިފި

ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ބުނެފިއެވެ. އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ވަނީ އަރިދަފުސް ރޯގާއާއި ކޮވިޑުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ފާހަގަކޮށްފައެވެ. އޭގެތެރޭގައި: ރޯގާޖެހި ދިގުލާަނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކަށް ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުން. އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވައިވާނެހެން ރަނގަޅަށް މާސްކް އެޅުން. އާންމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން […]
ފުއްގިރި މައްސަލައިގައި ޔާމީންގެ ހުށަހެޅުންތަކާމެދު ނިންމި ނިންމުންތައް ހައިކޯޓުން ބާތިލެއް ނުކުރި

ރ.ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުންތައް ބާތިލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ހައިކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ. ފުއްގިރި ކުއްޔަށް ދޫކޮށް, ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ އެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ބައެއް ނިންމުންތަކެވެ. އެއީ ކުރީގެ ނައިބު […]
52 މިލިއަން ދައްކަން ރައީސް ޔާމީނަށް އެންގި އަމުރު ބާތިލުކޮށްފި

ވ.އާރަށު މައްސަލައިގައި 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރު ހައިކޯޓުން މިއަދު ބާތިލު ކުރައްވައިފިއެވެ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކަނޑަައަޅުއްވައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. ނަމަވެސް އެ މައްސަލައިގައި ލޯންޑާކުރެއްވި ކަމަށް ބުނާ 52 މިލިއަން ރުފިޔާ (3.4 މިލިއަން ޑޮލަރު) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް […]
އަރައިނުގަނެވޭ ވަރަށް ފެނަކަ ދަރާފައިވާތީ އޮޑިޓެއް ހަދަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި އިިދިކޮޅު ކޯލިޝަނުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު, މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ. އޭނާ ހުށަހެޅުއްވި […]
އެމްޑީޕީގެ ޕްރައިމަރީ ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލު ކުރުމަށް އެދި ސިވިލް ކޯޓަށް ތިން ފަރާތަކުން މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ބަލައިގަތީ ޢަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައެވެ. އޭނާ ހުށަހެޅި މައްސަލައިގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ ޕާޓީގެ 39,000 މެންބަރުން ވަކިކޮށް އެ މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށްކަން ފާހަގަކޮށްފައެވެ. […]
ރައީސް ޔާމީންގެ ދެ މައްސަލައެއްގައި މާދަމާ ހުކުމް އިއްވަވަނީ

ހައިކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދެ މައްސަލައެއްގައި މާދަމާ ހުކުމް ކުރެއްވުމަށް ތާވަލުކޮށްފިއެވެ. އޭގެތެރެއިން އެއް މައްސަލައަކީ ވ.އާރަށު މައްސަލައިގައި 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައްކަން ރައީސް ޔާމީންގެ މައްޗަށް އެންގި މައްސަލައެވެ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވާކަމަށް ނިންމަވައި ކްރިމިނަލް ކޯޓުން އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ […]
ޢަރަބިއްޔާގެ އާ އިމާރާތް ހުޅުވޭނީ އަންނަ އަހަރު: މިނިސްޓަރު

ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ހުޅުވޭނެކަމަށް ލަފާކުރައްވަނީ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ. ޢަރަބިއްޔާ ސްކޫލަށް އާ އިމާރާތެއް ހެދުމަށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށް މިދިޔަ އަހަރު އިއުލާނުކޮށްފައިވާކަން ފާހަގަކުރައްވައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވަނީ ކޮންޓްރެކްޓަރުގެ އަގަކީ ކިހާ ވަރެއްތޯއާއި, މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބައިތޯއާއި, މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އަދި ސްކޫލުގެ ބޭނުން ކުރަން ފެށޭނެ […]