މަޑުއްވަރީގައި ޕިކަޕަކުން ޖެހި މީހަކު މަރުވެއްޖެ

ރ.މަޑުއްވަރީގައި ޕިކަޕަކުން ޖެހި މީހަކު މަރުވެއްޖެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތުގައި ފަހަތުގައި ހުރި މީހެއްގެ ގައިގައި ޕިކަޕުން ޖެހުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރުފަހުގައި ކަމަށެވެ. އެހާދިސާގައި ނިޔާވީ އުމުރުން 40 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ނިޔާވީ ހާދިސާގެ ސަބަބުން ލިބުނު އަނިޔާތަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ފުލުހުން ވިދާޅުވީ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ހާދިސާގައި މަރުވީ […]
ނިންމުން ބަދަލެއް ނުކުރަން, ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނަން: ޝުޖާއު

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވި ނިންމެވުން ބަދަލެއްނުވާ ކަމަށާއި އަދިވެސް ހުންނެވީ ވާދަކުރައްވާ ގޮތަށް ކަމަށް ޝުޖާއު ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ޙުސައިން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ކުރިން ވެސް އިއުލާނު ކުރައްވާފައިވާ ފަދައިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށެވެ. “ކުރިންވެސް އަޅުގަނޑު އިއުލާނު ކޮށްފައިވާ ފަދައިން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި […]
ރާއްޖެއިން މި އަހަރު ރުބެއްލާ ނައްތައިލުމަށް އަމާޒު ހިފައިފި

ރާއްޖެއިން މި އަހަރު ރުބެއްލާ ނައްތައިލުމަށް އަމާޒު ހިފާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި ނަސީމް ވިދާޅުވީ އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް ކަނޑައަޅާފައިވާ ”ހެލްތް ފޮރ އޯލް“ ނުވަތަ “އެންމެންނަށް ސިއްހަތު“ މި ޝިއާރާ ގުޅޭ ސިޔާސަތުތައް މިވަގުތު އެންމެ ބާރަށް ތަންފީޒުކުރާ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އެ ގޮތުން ސަރަހައްދުތަކަށް މުޅި ގައުމު ބަހާލެވިގެން ޓަރޝަރީ އަމާޒުގައި ”ހެލްތް […]
އާންމު ސިއްހަތު ރައްކާތެރިކުރަން ކެމިކަލުން ދުރުވާން ރައީސް ގޮވާލައްވައިފި

ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ. ރައީސްގެ ޚިތާބުގައި ވިދާޅުވީ ދިވެހިންގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެއް ކަމަކީ ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރި ގޮތުގައި […]
ދައުރު ނިމުމުގެ ކުރިން އަދީބާއި ޒިޔަތު ދޫކޮށްލަން މަޝްވަރާ ކުރައްވަނީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި, އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު މިނިވަން ކުރަން ސަރުކާރުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވެވީ 20 އަހަރުގެ ޖަލު ހުކުމެވެ. ޒިޔަތުގެ މައްޗަށް އިއްވެވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ދެ ބޭފުޅުން ތިއްބަވަނީ ގޭގައެވެ. “ސަންދާނަށް“ މައުލޫމާތު ދެއްވި ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ […]
ވަގު ހިފަން ވެރިކަމަށް އައިސް ހިންގި ސިޔާސަތަކީ ވައްކަން: ޒާހިރު

ވައްކަންތައް ބައްލަވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންފައި ވެރިކަން ހިންގަވަން ބޭނުންކުރެއްވި ސިޔާސަތަކީ ވައްކަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޒާހިރު ފާޑުވިދާޅުވީ ސަރުކާރުން ދަނޑުވެރިނަށްވީ ވައުދުތައް ފުއްދުމަށް ގޮވާލައްްވައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައިގައެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޒާހިރު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ އެތަކެއް ވައުދުތަކެއް […]
ސަރުކާރު ބަދަލު ކުރުން ނޫން ހައްލެއް މި ގައުމަކަށް ނެތް: ނާޒިމް

މި ސަރުކާރު ބަދަލު ކުރުން ނޫން ހައްލެއް މި ގައުމަކަށް ނެތް ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެެއެވެ. ރާއްޖޭގެ އިގުތިސާދީ މިސްރާބު މިވަގުތު ހުރި ގޮތުން ބޭރުގެ ދަރަނި ބޮޑުވެ, ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުން ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް ހިސާބުތަކުން އެ ގޮތަށް […]
ފަހު ދިހައިގައި މާލެ ސިޓީގެ 32 މިސްކިތެއްގައި ޖަމާއަތުގައި ދަމުނަމާދު ކުރާނެ

މި ރަމަޟާންމަހުގެ ފަހު ދިހައިގައި މާލެ ސިޓީގެ 32 މިސްކިތެއްގައި ޖަމާއަތުގައި ދަމުނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ 18 މިސްކިތަކާއި, ވިލިމާލޭގެ 3 މިސްކިތަކާއި, ހުޅުމާލޭގެ 11 މިސްކިތެވެ. މާލޭގައި ދަމުނަމާދު ކުރާނެ މިސްކިތްތައް: އިސްލާމީ މަރުކަޒު މަސްޖިދު މަލިކް ސަލްމާން މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން މަސްޖިދު ޞަލާޙުއްދީން މަސްޖިދުލް ފުރްޤާން މަސްޖިދު ޖަލާލުއްދީން […]
ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ: މާރިޔާ

ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ވެސް ކޮށްފައިނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. ޝިޔާމްގެ ސުވާލުގައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ބޭނުންކޮށްގެން ރާއްޖޭގައި ބިދޭސީ ސިފައިން ތިބުމާ ދެކޮޅު ހަދާ ދިވެހިންނާމެދު އިހާނެތިކޮށް ކަންކުރުމަކީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މާރިޔާ ތާއީދު […]
ރާއްޖޭގައި އަމިއްލަވަންތަ ދައުލަތެއް އޮތްކަމާމެދު ނާޒިމް ސުވާލު އުފައްދަވައިފި

ރާއްޖޭގައި އަމިއްލަވަންތަ ދައުލަތެއް އޮތްކަމާމެދު ސުވާލުއުފައްދަވައި މޯލްޑިވްސް ނެެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވާހަކަފުޅު ދައްކަވައިފިއެވެ. އެމްއެންޕީން ކުރިއަށްގެންދާ ”ނުއިވޭ އަޑުތައް“ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ރޭ ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް, ޚާއްސަކޮށް ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް އިޝާރަތް ކުރައްވައި ނާޒިމް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު […]