އަރައިނުގަނެވޭ ވަރަށް ފެނަކަ ދަރާފައިވާތީ އޮޑިޓެއް ހަދަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Loading

Facebook
Twitter
WhatsApp

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި އިިދިކޮޅު ކޯލިޝަނުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު, މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ފެނަކައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށްފަހު މާލެއާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ދަރާފައިވާ ކަން ފާހަގަކުރައްވައިފައެވެ. އަދިި އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ, މުވައްޒަފުންނަށް މުސާރަ ނުދެވި އަދި ކުލި ދެއްކުންފަދަ ކަންކަން ހަމަޖައްސަން ދަތިވެ, ބައެއް ވިޔަފާރިތައް ހުއްޓި, ބައެއް ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ތަކުރާރުކޮށް ކުރުމުން ވެސް ފައިސާ ނުލިބުމުން ބައެއް ފަރާތްތަކުން ފެނަކަ މައި އޮފީސް ކުރިމަތީގައި މުޒާހަރާކުރާ ހިސާބަށް ފެނަކައިގެ ހާލަތު ގޯސްވެފައިވާ ކަމަށާއި އެކަމުން ވެސް ދޭހަވަނީ ފެނަކައާމެދު ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކާއި އާންމު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން ކަމަށެވެ. އަދި ފެނަކައިން އެތައް ބަޔަކަށް ދަރައި ކުންފުނި ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާއިރު ވެސް އެކަންކަމަށް ރިއާޔަތް ކުރުމެއް ނެތި ސިޔާސީ ކަންކަމަށާއި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ފެނަކައިން އެތައް ޚަރަދެއް ކުރަމުންދާ ކަމަށާއި, ކުންފުނި ހިންގުމާއި ވިޔަފާރީގެ މުއާލަމާތްތައް ހިންގުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިނގަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރިޕޯޓުކޮށްފައިވާކަން ވެސް ޝަރީފުގެ މައްސަލާގައި ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި 33 މެންބަރުން ބައިވެެރިވެވަޑައިގަތްއިރު ބަހުސްކުރަން ފެންނަކަމަށް ވޯޓުދެއްވީ 15 މެންބަރެކެވެ. މައްސަލަ ބަލައިނުގަތުމަށް 18 މެންބަރަކު ވޯޓު ދެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް