ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޝާޒް މެންބަރުކަމުގެ ހުވާކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ.

ޝާޒް މެންބަރުކަމުގެ ހުވާކުރެއްވުން އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކުރިމަތިފުޅުގައި ޝާޒްއަށް މެންބަރުކަމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢައިޝާ ޝުޖޫންއެވެ.

ޝާޒް މެންބަރުކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި މަޖިލީހުގެ  ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ އިންތިޚާބު ބޭއްވީ

މި މަހުގެ 15 ވަނަ ދުވަހުއެވެ.

މި އިންތިޚާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން ޝާޒްއާއި ޕީޕީއެމްގެ ފަރާތުން ޙުސައިން ރިޟާއާއި އެމްއެންޕީގެ ފަރާތުން ޢަލީ އަރީފެވެ.

މި އިންތިޚާބުން ޝާޒްއަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. ޙުސައިން ރިޟާއަށް 1226 ވޯޓު ލިބިވަޑައިގަތްއިރު ޢަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް