ވަގުތު ނެގިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކުރަންޖެހޭ: ރައީސް

Loading

Facebook
Twitter
WhatsApp

ވަގުތު ނެގިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކުރުމަކީ އަދުލު އިންސަފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ފުލުހުންގެ ތެރޭގައި ވަރަށް ތައުލީމީ އަދި ވަރަށް ތަޖުރިބާކާރު ފުލުހުން މިހާރު ވެސް އެބަ ތިއްބެވި ކަމަށާއި ތަހުގީގުތައް މިހާރު ކުރިއަށް އެ ގެންދަނީޒަމާނީ ޓެކްނޮލޮޖީއާއި އެ ބޭފުޅުންގެ ތައުލީމާއި ތަޖުރިބާގެ އަލީގައި ކަމަށެވެ. މިހެން ދަންނަވާއިރު ވެސް ފުލުހުންގެ ތަހުގީގާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުމަކީ ހަމަ ވެދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

“ތަހުގީގު ލަސްވެގެން ސުވާލު އުފައްދަފާނެ. ތަހުގީގުގެ ހޯދުންތައް އާންމު ނުކުރާތީ ނުވަތަ ތަހުގީގު ކުރިއަށްދާ ގޮތް ނޭނގިގެން ވެސް ސުވާލު އުފައްދަފާނެ. އަޅުގަނޑު ހިތުން ބައެއްފަހަރު ތަހުގީގެއް ލަސްވުމަކީ އެ ތަހުގީގެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ.“ 

ރައީސް ވިދާޅުވީ ވަގުތު ނެގިޔަސް އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަކުރުމަކީ އދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ފުލުހުންނަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެއްބޮޅު ކަމަށެވެ. އަދި އެކަން ދިވެހި ފުލުހުން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް