ރިޔާސީ އިންތިޚާބު: އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

މީގެއިތުރުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ފުރަތަމަ ބުރުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެކްރެޑިޓް ކުރެވި ފާސް ދޫކުރެވިފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ފާސް ދޫކުރެވިފައިވާ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކަށް ފާސް ބޭނުންވާ ނަމަ އަލުން ފޯމް ހުށަހެޅުމުން އުސޫލުގައިވާ ގޮތުގެ މަތިން އެ ފުރުސަތު ދެވޭނެއެވެ.

ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވަނީ މިއަދު 10:00 އިން ފެށިގެން އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުންނެވެ. ފޯމް ބަލައިގަތުމެގެ އިންތިޒާމް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 17 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމަޖެހިފައި ހުންނާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް