ފުޅަދޫ ކައުންސިލުގެ ރައީސް ޕީއެންސީއަށް ސޮއިކުރައްވައިފި

Loading

Facebook
Twitter
WhatsApp

ބ.ފުޅަދޫ ކައުންސިލުގެ ރައީސް ޢަލީ އަޒުހަރު މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

އަޒުހަރު ޕީއެންސީއަށް ސޮއިކުރައްވައިވާ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒެވެ.

އަޒުހަރަކީ ކުރިން އެމްޑީޕީގައި ހުންނެވި ބޭފުޅެކެވެ. 

ބައެއް މީޑިއާތަކަށް އަޒުހަރު ވިދާޅުވީ ޕީއެންސީއާ ގުޅިވަޑައިގަތީ އާ ސަރުކާރުގެ ސިޔާސަތުތައް ގަބޫލު ކުރެވޭތީ ކަމަށެވެ. 

އަދި އާ ސަރުކާރާއެކު ފުޅަދޫގެ ކުރިއެރުމަށާއި ރާއްޖޭގެ ތަރައްގީއަށް މާ ބޮޑަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް