“އާރާއި ބާރު އޮތްއިރު ނުލަފާކަން ދައްކާފައިި, ފަލަސްތީން, ފަލަސްތީން ކިޔަމުން މިއަދު ނުކުންނާނީ ގޮތެއްފޮތެއް ނެތީމަ“

Loading

Facebook
Twitter
WhatsApp

އާރާއި ބާރުގައި ހުރި ދުވަހު އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ބޭއްވި ސައިިކަލު ބުރު ހުއްޓުވުމަށްފަހު މިއަދު ނުކުމެ ފަލަަސްތީނޭ ކިޔައި ވާހަކަ ދައްކަވަމުން ގެންދަވަނީ ގޮތެއްފޮތެއް ނެތީމާ ކަމަށް ވިދާޅުވެ ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް ހޯމް މިނިސްޓަރު ޝައިިޚު އިމްރާނަށް ފާޑުވިދާޅުވެއްޖެއެވެ.

ޢަލީ މިފަދައިން ފާޑުވިދާޅުވީ އިމްރާންގެ ނަން ނުގެންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާރާއި ބާރުގައި ހުރި ދުވަހު އަނިޔާވެރި އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ބޭއްވި ސައިިކަލު ބުރު ހުއްޓުވާފަ އެއްކަލަ ބާރުވެރިކަން ނެތެމުންދާ ދަނޑިވަޅުގަ ނުކުމެ ފަލަސްތީން ފަލަސްތީން ކިޔަމުން ނުކުންނާނީ ހަމަ އެއްވެސް ގޮތެއް ފޮތެއް ނެތީމަ“ އިމްރާނަށް އަމާޒުކުރައްވައި ޢަލީ ކުރެއްވި ޕޯސްޓުގައި ވެއެވެ.

އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް 2021 ގައި ޒުވާނުން އިސް ނަގައިގެން ހުޅުމާލޭގައި ބޭއްވި ސައިިކަލު ބުރު ހުއްޓުވާފައިވާތީ އެކަން ފާހަގަކޮށް އެހެން ފަރާތްތަކުން ވެސް ދަނީ އިމްރާނަށް ފާޑުކިޔަމުންނެވެ.

ނަމަވެސް އިމްރާން ގެންދަވަނީ ފަލަސްޠީނާ ގުޅޭ ޕޯސްޓުތައް އެކްސްގައި ހިއްސާކުރައްވަމުންނެވެ. އޭނާ މިއަދު ވިދާޅުވީ ފަލަސްޠީން ރައްޔިތުންގެ ހއްގުގައި ފަރުދީ ގޮތުން “އަޅުގަނޑަށް ކުރެވުނު ކޮންމެ ކަމެއް“ ކުރައްވާނެ ކަމަށެވެ.

“އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް އަޅުގަނޑު ފަހަތައް ޖެހޭނެ ކަމަށް ހީނުކުރަށްވާ.“ އިމްރާން ވިދާޅުވިއެވެ.

Loading

9 Responses

    1. Iyye e kiyanee thimaa baaruga huri dhuvahah. Kuda baareh libey Irah olhenee. Thi fahari Imraanu bunee mi November mahuge fahun muzaaharaa nukureveyne vaahaka. Balaabala Allah ge kulhadhun vanthakan. Muzaaharaa kuriya nudheynamey bune gadha bas buni Meehaa amillayah dhen jeheynee muzaaharaa yah nukume hunnan.

    2. ތެދެއް. އަލީ ނޫން މީހެއް ތިވާހަކަ ދައްކާނަމަ ގަބޫލުކުރެވުނީސް. އެކަމު މާޒީއަކީ މީހާގެ މުސްތަގުބަލު ނިޔާކުރާނެ އަސާސެއް ނޫންކަން އަލީއަށް ބެލީމަ އެނގޭ. މިހާރު މިފެންނަ ދެކޮޅުވެރިކަމަކީ ލާދީނީ މިހުނަށް ލިބޭ ކުރިއެރުމެއް. ދީނީ ކުލަ ނުވަތަ ވިސްނުމުގެ މީހުން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅުވެރިވެ ނުރުހެނީ ލާދީނީ މީހުންދެކެ އަންނަ ރުޅިއަށްވުރެވެސް ބޮޑަށް.

    3. އަލީރަމީޒަށް އިހު އުޅެވުނު ގޮތާއިމެދު ދެރަވެ ހިތާމަކޮއް ދިވެހި ރައްޔިތުންގެ ކިބައިން ޕަބްލިކް ފޯރަމް ތަކުގައި މާފަށް އެދިފަ ހުރި.. ކޮބާ އިމްރާނުގެ އެފަދަ އަމަލެއެް ހުރިއްޔާ ދައްކަބަލަ… ނިކަން ނިކުމެ ދިވެހި ރައްޔިތުން ގެ ކިބައިވެން މާފަށް އެދިބަލަ…

  1. އަލީ ، ކީއްކުރާނީ މިކަހަލަ މީހުންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ ، މިހާރު މީނާގެ ހުރިހާ އެއްޗެއް ދިވެހި ރަތްޔިތުންނައް އެނގި ސާފުވޭ.

Leave a Reply

ފަހުގެ އަޕްޑޭޓް