ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އުޅުނު ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެއާޕޯޓުތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އުޅެމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޗައިނާގެ އަންހެނެއް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ ވަނީ އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުންފަދަ އަމަލުތައް ހިންގައިފައެވެ.
މި އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި މިވަނީ ވިސާ މައްސަލަ ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން އެއާޕޯޓުތެރޭ އުޅެމުންދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
![]()
