ޝަކުވާތައް ނުބަަލައި ފުލެޓުތައް ހަވާލުކުރުން މަޑުޖައްސައިލަން އޭސީސީއިން އަންގައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނުދީ ފުލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސައިލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މިއަދު އަންގައިފިއެވެ.

އޭސީސީއިން ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި, ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ޚިލާފަށް, ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި, އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް, ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

Loading

One Response

  1. މީނާ އެބަޖެހޭ މިގުމައްޗައް ނެރެން. އޭރުން ރައްޔަތުންނަށް އޭނާ ހެދިހާ މަކަރާއި ވަގު ލިސްޓް ދައްކާނެއެވެ. އޮފީހުގައި ރައްޔަތުންގެ ފައިސާއިން އެއަރކޮން ޖަހައިގެން ޓައި އަޅައިގެން އިންނައިރު ރައްޔަތުންނަށް ޖަވާބުދޭން އުނދަގޫވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް