މެލޭޝިޔާއަށް އެތެރެނުވެވޭ ގޮތަށް ހިފެހެއްޓުމަށްފަހު މަދަނީ ޢަބްދުﷲ ޑީޕޯޓުކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުﷲ މުޙައްމަދު (މަދަނީ ޢަބްދުﷲ) މެލޭޝިޔާގެ އިމިގުރޭޝަނުގައި ހިފެހެއްޓުމަށްފަހު މާލެ ފުރުވާލައިފިއެވެ.

މެލޭޝިޔާއަށް އެތެރެނުވެވޭ ގޮތަށް އެ ގައުމުގެ އިމިގުރޭޝަނުން މަދަނީ ޢަބްދުﷲ ހިފެހެއްޓީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އޭނާއަށް މެލޭޝިޔާއަށް އެތެރެނުވެވޭ ގޮތަށް ހެދީ ކޮން ސަބަބަކާހުރެ ކަމެއް ސާފެއް ނުވެއެވެ.

ފޮރިން މިނިސްޓްރީއިން މިރޭ ބުނީ އޭނާ ހިފެހެއްޓިކަން މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އެނގުނީ ރޭ 21:40 ހާއިރު ކަމަށެވެ. އެގޮތުން ހައިކޮމިޝަނުން އޭނާއަށް ބޭނުންވާ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިންކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އަދި އޭނާ ދަތުރުކުރި އެއާލައިނުން ރާއްޖެއަށް އެންމެ އަވަހަށް ފުލައިޓެއް އޮތީ އަންނަ ހޮނިހިރު ދުވަހު ކަމަށާއި ނަމަވެސް މިރޭ އެ ގައުމުން ރާއްޖެއަށް ފުރި އެހެން އެއާލައިނެއްގެ ފްލައިޓަކުން, އޭނާ ރާއްޖެ އައުމުގެ މަގުފަހިކޮށްދީފައިވާ ކަމަށާއި އޭނާ މިހާރު ރާއްޖެއަށް ފުރާފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް